ކ. މާލެ
|
14 ސެޕްޓެންބަރ 2023 | ބުރާސްފަތި 07:17
ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޝިޔާން
ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޝިޔާން
ރާއްޖެއެމްވީ
އެމްޑީޕީ ކަންމަތީ ޖަލްސާ
އެކި ސަބަބުތަކާ ހެދި އެމްޑީޕީއާ ދުރަށް ޖެހިފައިވާ ފަރާތްތަކުން އެމްޑީޕީއާ ގުޅުމަށް ޝިޔާން ގޮވާލައްވައިފި
ދިމާވާ ކުޑަކުޑަ މައްސަލައެއްގައި ތާއަބަދު ތިބުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ނޫން
ބޯހިޔާވަހިކަމަށް އެމްޑީޕީގެ ސަރުކާރުން އޭރު އަޅަމުންދިޔަ ހުރިހާ ފްލެޓްތައް ހައްގުވެރިންގެ އަތުން މުއިއްޒުގެ މިނިސްޓަރު ކަމުގައި އަތުލި

އެކި ސަބަބުތަކާހުރެ އެމްޑީޕީއާ ދުރަށް ޖެހިފައިވާ ފަރާތްތަކުން އަލުން އެމްޑީޕީއާ ގުޅުމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ގޮވާލައްވައިފިއެވެ.

އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ ސޯސަން ޖަގަހަ ކުރިމަތީގައި ކުރިޔަށްގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީން ވަކިވެ ޑިމޮކްރަޓްސްގެ ނަމުގައި ސިޔާސީ ޕާޓީ ހިންގަމުން އަންނަ ފަރާތްތަކަށް ޝިޔާން ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމިފައިވާކަމަށެވެ. ޑިމޮކްރަޓްސްއަކީ ވެސް އެމްޑީޕީގެ ފަރާތްތައްކަމަށާއި ދިމާވާ ކުޑަކުޑަ މައްސަލައެއްގައި ތާއަބަދު ތިބުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމަށެވެ.

އެހެންނަމަވެސް ދިމާވާ ކުޑަކުޑަ މައްސަލައަކުން އެމައްސަލައިގައި ތާއަބަދަށް ތިބުމަކީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ފައިދާ ހުރި ގޮތެއްނޫން. ތިބޭފުޅުންނަކީ މިރާއްޖޭގެ 30 އަހަރުގެ ވެރިކަން ބަދަލުކޮށް ރާއްޖެއަށް ޑިމޮކްރަސީ ގެނައި ފަރާތްތައް. މިޕާޓީ މިޕާޓީގެ ގޮތުގައި އޮތީ ތިބޭފުޅުންނާ އެކުގައި. އަޅުގަނޑު ގޮވާލަަން ބޭނުންވަނީ އެކިއެކި ސަބަބުތަކާހެދި އެމްޑީޕީ އާ ދުރަށް ޖެހިފައިވާ ފަރާތްތަކަށް ގޮވާލަން އެމްޑީޕީ އާ ގުޅިވަޑައިގަތުމަށް. ޕީޕީއެމްގެ ވެރިކަމަކަށްވުރެ ދެންވެސް ތިބޭފުޅުންނަށް ރަނގަޅުވާނީ އެމްޑީޕީގެ ވެރިކަމެކޭ. ކުރިޔަށް އޮތްތާންގައިވެސް ރައީސް އިބޫއަށް ދެވަނަ ދައުރެއް ދީގެންނޭ. ރާއްޖެއަށް ސަލާމަތްކަން އޮތީ ރައީސަށް ދެވަނަ ދައުރެއް ދީގެން.
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން

ޝިޔާން ވިދާޅުވީ 2018 ވަނަ އަހަރުގެ ކުރިން ރައްޔިތުން އުޅެންޖެހުނު ގޮތް ވިސްނާލަންޖެހޭކަމަށެވެ. އަދި 2012 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލުމަށްފަހު އޭރުގެ ހައުސިންގ މިނިސްޓަރަކަށް ހުންނެވި ޑރ މުހައްމަދު މުއިއްޒު މިނިސްޓަރުކަމުގައި ހުންނަވާ މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިން އަނިޔާ ހަނދާންކޮށްލަންޖެހޭކަމަށެވެ. ޚާއްސަކޮށް ބޯހިޔާވަހިކަމަށް އެމްޑީޕީގެ ސަރުކާރުން އޭރު އަޅަމުންދިޔަ ހުރިހާ ފްލެޓްތައް ހައްގުވެރިންގެ އަތުން އަތުލީކަމަށް ޝިޔާން ވިދާޅުވިއެވެ.

މުއިއްޒަކީ އޭރު ވަޒީރެއްކަމަށާއި އެހެންކަމުން ރައީސްކަމަށް މުއިއްޒު ވަޑައިގެންފިނަމަ އެ އަނިޔާވެރިކަން މާބޮޑުވާނެކަމަށް ޝިޔާން ވިދާޅުވިއެވެ.

- ކޮމެންޓް