Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 11:47
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް
މަޖިލީހުގެ މެންބަރުން
މަޖިލީހުގެ މެންބަރުން ނިސްބަތްވާ ގޮތަށް އައި ބަދަލު އިއުލާންކޮށްފި
އައި ބަދަލާއެކު އެމްޑީޕީގެ 56 މެންބަރުން އެބަތިއްބެވި
ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާގޮތަށް އަންނާނެ ބަދަލު ފާސްކުރުމަށް ހުށަހަޅާނެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ގޮތަށް އައި ބަދަލު ހާމަކޮށްފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ތެރޭގައި ތިއްބެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އަދި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއާއި ގުޅިވަޑައިގެންފައިވާކަން އަންގަވާފައިވާ ކަމަށެވެ. އަދި އެ މެންބަރުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ދަފްތަރުގައި ހިމަނާފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 34 ވަނަ މައްދާގެ (ރ) ގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅާފައިވާތީ އެ މާއްދާގެ ބ (ބ) ގެ ދަށުން އެކަން އިއުލާންކުރަން.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ މެންބަރުން ނިސްބަތްވާ ޕާޓީތައް

  • ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) 56
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 5
  • ޕީޕަލްސް ނެޝަނަލް އެލަޔަންސް (ޕީއެންސީ) 3
  • މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) 3
  • ދަ ޑިމޮކްރެޓްސް 3
  • މޯލްޑިވްސް ޑިވަލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) 2
  • ޖުމްހޫރީ ޕާޓީ (ޖޭޕީ) 2
  • ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ 13 މެންބަރުން

ނަޝީދު ވިދާޅުވީ މި ބަދަލާއި ގުޅިގެން ސިޔާސީ ޕާޓީތަކުގައި ހިމެނޭ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ބަހުސްގެ ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާގޮތަށް އަންނާނެ ބަދަލު ފާސްކުރުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް