ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 10:02
އަލްވަރޭޒް (9) ފްރާންސާ ދެކޮޅަށް ވޯލްޑްކަޕް ފައިނަލްގައި ކުޅެނީ
އަލްވަރޭޒް (9) ފްރާންސާ ދެކޮޅަށް ވޯލްޑްކަޕް ފައިނަލްގައި ކުޅެނީ
ރޮއިޓާސް
ރެއާލް މެޑްރިޑް
އެމްބާޕޭ ނުލިބިއްޖެނަމަ ރެއާލްގެ އަމާޒަކީ އަލްވަރޭޒް
އަލްވަރޭޒް ވަނީ ވޯލްޑްކަޕުގައި މޮޅު ކުޅުމެއް ދައްކާފައި

އަންނަ ސީޒަނަށް ރެއާލް މެޑްރިޑަށް ފްރާންސްގެ ޕީއެސްޖީގެ ފޯވަޑް ކީލިއަން އެމްބާޕޭ ނުގެނެވިއްޖެނަމަ މެންޗެސްޓާ ސިޓީގެ ހޫލިއަން އަލްވަރޭޒް ގެނައުމަށް އެކުލަބުން މަސައްކަތް ފަށައިފި އެވެ.

ރެއާލް މެޑްރިޑް މި ގޮތަށް ވިސްނަން ފެށީ މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަވާން އޮތަސް ޕީއެސްޖީގެ މުއްސަނދި ވެރިންނާއި ފްރާންސްގެ ސަރުކާރުގެ ބާރު އެޅުންތަކުގެ ސަބަބުން އެކުލަބުގައި އެމްބާޕޭ މަޑުކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ.

ޕީއެސްޖީން ތުހުމަތު ކުރާ ގޮތުގައި އެމްބާޕޭ މިހާރު ވެސް ހުރީ ރެއާލް މެޑްރިޑަށް ބަދަލުވުމަށް އަނގަބަހުން އެއްބަސްވެގެންނެވެ. ނަމަވެސް ރެއާލް މެޑްރިޑަށް އޮތީ އެހެން ބިރެކެވެ. އެއީ މީގެ ކުރިން ވެސް ރެއާލް އަށް އަންނަން އެއްބަސްވުމަށްފަހު އެމްބާޕޭ ވިސްނުން ބަދަލުކޮށް، ޕީއެސްޖީގެ ކޮންޓްރެކްޓް އައުކޮށްފައިވާތީ އެވެ. އަދި މި ފަހަރު އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެމްބާޕޭ ގަތުމަށް ކުރަންޖެހޭ ހޭދަ ވެސް ބޮޑުވާނެތީ އެވެ.

ހޫލިއަން އަލްވަރޭޒަކީ ޒުވާން ފޯވަޑެކެވެ. މިދިޔަ އަހަރުގެ ވޯލްޑްކަޕް އާޖެންޓީނާ އަށް ހޯދައިދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. ގިނަ ލަނޑުތަކެއް ވެސް ޖެހި އެވެ. ނަމަވެސް މެންޗެސްޓާ ސިޓީގައި ފުރަތަމަ 11އިން އޭނާ އަށް ޖާގަ ނުލިބޭތީވެ އެކުލަބުގައި އެންމެ ފުރިހަމަ ކުޅުން ނުދެއްކެ އެވެ.

- ކޮމެންޓް