ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 12:03
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު
ރައީސް އޮފީސް
ރިޔާސީ ރޭސް 2023
ދެވަނަ ބުރަށް ނުކުންނާނީ އިހުނަށްވުރެ ވަރުގަދަކޮށް: އަލީ ޒާހިރު
 
ދެވަނަ ބުރަށް ދާނީ އިހުނަށްވުރެ ވަރުގަދަކޮށްކަމަށް އަލީ ޒާހިރު ވިދާޅުވި
 
ވިދާޅުވީ، މިހާ ހިސާބުން އަދި ނިމުނީ ނޫން ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ނުކުމެވަޑައިގަންނަވާނީ އިހުނަށްވުރެ ވަރުގަދަކޮށްކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އެއްބުރުން އިންތިޚާބު ނުނިމޭކަން ފާހަގަކުރައްވައި އަލީ ޒާހިރު ވިދާޅުވީ، މިހާ ހިސާބުން އަދި ނިމުނީ ނޫން ކަމަށެވެ. ދެވަނަބުރަށް ދާނީ އިހުނަށްވުރެ ވަރުގަދަކޮށްކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، ދެވަނަ ބުރެއްގައި ނުކުންނަވާނީ މިފަހަރު ވޯޓުގައި ބައިވެރިނުވެވުނު ފަރާތްތަކުގެ ވޯޓާވެސް އެކުގައި ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި 282,395 މީހަކަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާއިރު، ވޯޓު ލާން ނުކުމެފައިވަނީ 219،843 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
0%
50%
0%
0%
ކޮމެންޓް