ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 16:04
ރައީސް އަނގޮޮޅިތީމުގައި ވާހަކަފުޅުދަައްކަވަނީ
ރައީސް އަނގޮޮޅިތީމުގައި ވާހަކަފުޅުދަައްކަވަނީ
އެމްޑީޕީ
އަނގޮޅިތީމުގެ ތަރައްގީ
އަނގޮޅިތީމު ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވައި، ރަށް ވަށައިގެން ދަތުރުކުރެވޭނެ މަގެއް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
 
ބަނދަރުގެ މައްސަލަ ހައްލުކުރާއިރު މޫދަށް އެރޭނެ ސަރަހައްދަކާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރެވޭނެ
 
ރަށުގެ ބޮޑު 3 މަގުގައި ތާރު އެޅޭނެ

އަންނަ ދައުރުގައި އަނގޮޅިތީމު ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވައި، ރަށް ވަށައިގެން ދަތުރުކުރެވޭނެ މަގެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ރ. އަނގޮޅިތީމަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޕާޓީތަކުގެ މެންބަރޝިޕަށް ބަލާއިރު މިހާރު އޮތީ އެންމެ ބޮޑު ކޯލިޝަން ކަމަށެވެ. އަދި އެއްބުރުން މި އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ 90 އިންސައްތަ މީހުން ވޯޓު ލިޔަސް އެ ހުންނެވީ 130،000 ވޯޓު ޔަގީން ކުރައްވައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސަތުތައް ކުރިއަށް އޮތް ދައުރުގައި ތަންފީޒުވެގެން ދާއިރު އަނގޮޅިތީމަށް ބަދަލުތަކެއް އަންނާނޭ ކަަމަށެވެ. ލޯކަލް ޓުއަރިޒަމް ތަރައްގީވެގެން އަންނައިރު އެކަމަށް ބޭނުންވާ ފައިސާ ފަސޭހައިން ލިބޭނެ ގޮތް އަންނަ ދައުރުގައި ހަމަޖެހިގެން ދާނެކަމަށެވެ. ރައީސް ވަނީ ލޯކަލް ޓުއަރިޒަމް ފެށުމަށް ރައްޔިތުން ތައްޔާރަށް ތިބުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އަނގޮޅިތީމަށް ގެންނަން ބޭނުންވާ ތަރައްގީގެ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރަށުގެ ބަނދަރަށް ދިމާވެފައިވާ ނެރުގެ މައްސަލަ ރައްޔިތުން އެދޭގޮތަށް އިރުމައްޗަށް ބަދަލުކޮށް ޓީ ޖެޓީއަކާއެކު މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އެއާއެކު މޫދަށް އެރޭނެ ސަރަހައްދަކާއި ގިރާ ސަރަހައްދު ތަރައްގީކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ބޮޑު 3 މަގާއި ރަށް ވަށައިގެން މަގެއް ހެދިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޑަބްލިއުޑީސީގެ މެންބަރުންނަށް މަސައްކަތް ކުރެވޭނެ އިމާރާތަކާއި، ހޭންޑްބޯލް ކޯޓަކާއި، ޕޮލިސް ޕޯސްޓެއް ގާއިމްކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅުންހުރި
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް