ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 07:36
މަތެއުސް ނޫނޭސް
މަތެއުސް ނޫނޭސް
ޓްވީޓަރ
މެންޗެސްޓަރ ސިޓީ
ވުލްވްސްގެ ނޫނޭސް، ސިޓީއަށް ސޮއިކޮށްފި
 
އޭނާ ސިޓީއާއެކު ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ވުލްވްސްއަށް ކުޅެމުން އައި މަތެއުސް ނޫނޭސް، 53 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ.

އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ސިޓީއާއެކު ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 11 މެޗު ކުޅެދީފައެވެ.

ނޫނޭސް ބުނީ ޔޫރަޕުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ކުޅުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާވާ ކަމަށެވެ. އަދި ސިޓީއަށް ކުޅުމަކީ، އޭނާ ވަރަށް ކުރިއްސުރެ ބޭނުންވާ ކަމެއް ކަމަށެވެ. މީގެއިތުރުން، އޭނާ ވަނީ ސިޓީގެ ކުޅުންތެރިންނަށާއި ގާޑިއޯލާއަށް ތައުރީފް ކޮށްފައެވެ.

ވުލްވްސްއިން ވަނީ މީގެކުރިން ސިޓީން ކުރި ބިޑް ރިޖެކްޓް ކޮށްފައެވެ. ނަމަވެސް، ނޫނޭސް ވަނީ ސިޓީއަށް ބަދަލުވާން ބޭނުންވާ ކަމަށްބުނެ، ވުލްވްސްގެ ފަރިތަކުރުންތައް ހުއްޓާލާފައެވެ. އޭނާ ސްޕޯޓިން ލިސްބަންއިން ވުލްވްސްއަށް މިދިޔަ ހޫނުމޫސުމުގައި ބަދަލުވީ ކްލަބް ރެކޯޑް ފީއެއް ކަމަށްވާ 38 މިލިއަން ޕައުންޑަށެވެ. އޭނާ ވުލްވްސް އާއެކުވެސް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

މިދިޔަ ސީޒަނުގައި ވުލްވްސްއިން ތާވަލުގެ 13 ވަނާގައި ނިންމާލިއިރު، ނޫނޭސް ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް