ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މިދައުރުގައި މީގެ ސާޅީހަކަށް އަހަރުން ވެސް ނުކުރެވޭނެހާ ގިނަ މަސައްކަތްތަކާއި މަޝްރޫއުތައް ހިންގަވާފައިވާ ކަމަށް ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ފާއިޒް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ސްރީލަންކާގައި ބޭއްވި އުފާވެރި އަމާންރާއްޖެ ޖަލްސާގައި ފާއިޒް ވިދާޅުވީ ރައީސް ސާލިހާއެކު އުފާވެރި އަމާން ރާއްޖެ ދަތުރުގައި ބައިވެރިވަޑައިގަތީ، ފަހުގެ ތާރީހުގައި އުފެދުނު އަދި ދުށް އެންމެ ވަރުގަދަ ސިޔާސީ ލީޑަރަކީ އެ މަނިކުފާނުކަމަށް އަމިއްލަފުށަށް ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ.
މިސަރުކާރުގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ފާއިޒް ވިދާޅުވީ ރައީސް ސާލިހުގެ މިދައުރުގައި ރާއްޖެ އަށް ގެންނެވި ތަރައްގީ އަކީ 40 ކަށް އަހަރުންވެސް ނުކުރެވޭނެހާ ގިނަ މަސައްކަތްތައް ކަމަށެވެ.
ފާއިޒް ވިދާޅުވީ ރައީސް ސާލިހުގެ ދުރުވިސްނުންފުޅާ ރޭވުންތެރިކަމާއެކު ވަރަށް ގިނަ ކަންކަން ދެކި ތަޖުރިބާކޮށްފައިވާ ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން އައި ދަތިދުވަސްތަކުގައި ވެސް މަސައްކަތްތައްކޮށް، ނަތީޖާ ދައްކައިދީފައިވާ ކަމަށް ފާއިޒް ވިދާޅުވިއެވެ.
އެކަމަކު އަޅުގަނޑަށް ވަރަށް ކެރިގެން ދަންނަވަން އެނގޭ އަޅުގަނޑުމެންގެ މި ތިން އަހަރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކޮށްދެއްވި މަސައްކަތްތަކާއި، ހިންގައި ދެއްވި މަޝްރޫއުތަކުން ދިވެހިރާއްޖެއަށް ލިބިގެން މިއައި ތަރައްގީއާއި އަޅުގަނޑުމެން މިއަދު މިދެކޭ ބަދަލުމިއީ 40 އަކަށްއަހަރު މީގެ ކުރީގައި ރާއްޖޭގައި ހިނގާފައިހުރި މަސައްކަތްތަކަށް ބަލާއިރު 40 އަހަރު ނުކުރެވޭހާ މަސައްކަތް. އެ ސަބަބަށްޓަކައި ދިވެހިރާއްޔިތުންނަށް އެންމެ ފައިދާހުރި ރަނގަޅު ބޭނުންތެރި ގޮތަކަށް ވާނީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިިދނުންރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ފާއިޒް
ފާއިޒް ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލަށް ފައިދާހުރި ގޮތަކީ ރައީސް ޞާލިހު ދެވަނަ ދައުރަށް އިންތިޚާބު ކުރުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުގައި ރައީސް ޞާލިހަށް ވޯޓު ދެއްވައި ދެވަނަ ދައުރަށް އިންތިޚާބު ކޮށްދެއްވުމަށް ފާއިޒް ވަނީ އެދިވަޑައިގެންފައެވެ.