ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 22:05
ބްރޯންޒް މެޑަލް ހޯދި ގައުމީ މިކްސްޑް ރިލޭ ޓީމް
ބްރޯންޒް މެޑަލް ހޯދި ގައުމީ މިކްސްޑް ރިލޭ ޓީމް
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: މިކްސް ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދައިފި
ގައުމީ ޓީމުން ބްރޯންޒް މެޑަލް ހޯދާފައިވަނީ ތިން މިނެޓު 33.86 ސިކުންތުން ރޭސް ނިންމައިގެން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ގައުމީ މިކްސްޑް ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.

އަންގާރަ ދުވަހު ގައުމީ ހަތަރެއް ގުނަ 400 މީޓަރުގެ މިކްސް ރިލޭ ޓީމުން ދުވެފައިވަނީ ހަސަން ސާއިދު އާއި ހުސައިން ރިޒާގެ އިތުރުން އައިޝަތު ހިމްނާ ހަސަން އާއި ޒިވާ މޫސާ ޝަފީއު އެވެ. މި އިވެންޓުގައި ވާދަކޮށްފައިވަނީ ރާއްޖޭގެ އިތުރުން، މަޑަގަސްކަރަ، ރިޔޫނިއަން، މޮރިޝަސް، މާޔޯޓް އަދި ސީޝެލްސް އެވެ.

ގައުމީ ޓީމުން ބްރޯންޒް މެޑަލް ހޯދާފައިވަނީ ތިން މިނެޓު 33.86 ސިކުންތުން ރޭސް ނިންމައިގެނެވެ. ތިން މިނެޓު 29.68 ސިކުންތުން ނިންމައި، ރަން މެޑަލް ހޯދާފައިވަނީ މަޑަގަސްކަރަ ޓީމުންނެވެ. އަދި ތިން މިނެޓު 30.33 ސިކުންތުން ނިންމައި، ރިހި މެޑަލް ހޯދާފައިވަނީ ރިޔޫނިއަން އެވެ.

އަންގާރަ ދުވަހު އެތުލެޓިކްސް އިން ކުރިޔަށް ގެންގޮސްފައިވާ އިތުރު އެއް އިވެންޓަކީ 100 މީޓަރު ދުވުމުގެ ބައެވެ. މި އިވެންޓުގެ ފައިނަލުން ޖާގަ ލިބުނު ރާއްޖޭގެ ހަމައެކަނި އެތުލީޓަކީ މަރިޔަމް ރޫޔާ އަލީ އެވެ. ފައިނަލުގައި ރޫޔާއަށް ރޭސް ނިންމާލެވިފައިވަނީ 12.48 ސިކުންތުން ހަތް ވަނައިގައެވެ.

ގައުމީ މިކްސް ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދާފައިވާއިރު، ޕެރަ އެތުލެޓިކްސް 100 މީޓަރު ދުވުމުގެ ބައިން ރާއްޖޭގެ އަބްދުއްރައްޒާގު އާއި ފާތިމަތު އިބްރާހިމްވެސް ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ.

- ކޮމެންޓް