ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 10:24
ފާތިމަތު އިބްރާހީމް މިގޭމްސްގައި 3 މެޑަލް ހޯދި: ފޮޓޯ-އެމްއޯސީ/ރާއިފް ޔޫސުފް
ފާތިމަތު އިބްރާހީމް މިގޭމްސްގައި 3 މެޑަލް ހޯދި: ފޮޓޯ-އެމްއޯސީ/ރާއިފް ޔޫސުފް
އެމްއޯސީ
އައިއޯއައިޖީ
ޓައެކްވަންޑޯ އިން 5 ވަނަ މެޑަލް، ސްވިމިންގ އިން ޤައުމީ ދެ ރެކޯޑް!
ސްވިމިންގ ޓީމުން ވަނީ 7 ރެކޯޑެއް އައުކޮށްފައި

އަލަށް އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރަމުން އަންނަ ޓައެކްވަންޑޯ އިން ފަސް ވަނަ މެޑަލް ހޯދިއިރު, ސްވިމިންގ ޓީމުން ޤައުމީ ދެ ރެކޯޑެއް އައުކޮށްފިއެވެ.

ޓައެކްވަންޑޯ އިން ހޯދި ފަސްވަނަ މެޑައްޔަކީ 40 އަހަރުން ދަށުގެ ޕޫމްސޭ ކެޓަގަރީގެ ލޯ މެޑައްޔެވެ. މިމެޑަލް ހޯދައިދިނީ ފާތިމަތު އިބްރާހީމްއެވެ. އޭނާ ވަނީ ގޭމްސްގައި ޖުމްލަ ތިން މެޑަލް ހޯދާފައެވެ. ޓައެކްވަންޑޯ ޓީމުން ގޭމްސްގައި ހޯދީ ދެ ރިހި މެޑައްޔާއި 3 ލޯ މެޑައްޔެވެ.

ސްވިމިންގ ޓީމުން އައުކުރި ޤައުމީ ދެ ރެކޯޑަކީ ފިރިހެން އަދި އަންހެން 400 ގުނަ 100 މީޓަރު މެޑްލޭ ރިލޭގެ ރެކޯޑެވެ. ފިރިހެން ޓީމުން ރެކޯޑް އައުކުރީ 04.29.42 ން ރޭސް ނިންމައިގެންނެވެ. ރެކޯޑް އާކުރި ޓީމްގައި ހިމެނެނީ މުހައްމަދު ޢާން ހުސައިން, ޢަލީ ޢިމްއާން, މުހައްމަދު ރިހާން ޝިހާމް, އަދި މުބާލް އައްޒާމް އިބްރާހީމްއެވެ. މިއިވެންޓްގެ ކުރީގެ ރެކޯޑަކީ 04.38.75 އެވެ. އެރެކޯޑަކީ މިދިޔަ އަހަރު އޮތް ފަސްވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ހެދި ރެކޯޑެވެ.

ޤައުމީ އަންހެން ޓީމުން މިރެކޯޑް އައުކުރީ 05.15.09 ން ރޭސް ނިންމައިގެންނެވެ. އަންހެނުންގެ ލޯންގްކޯސް 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭގެ ކުރީގެ ޤައުމީ ރެކޯޑަކީ 05.29.85 އެވެ. މިއީ 2016 ވަނަ އަހަރުގެ ރެކޯޑެކެވެ. މިފަހަރު ރެކޯޑް އައުކުރި ޓީމްގައި ހިމެނެނީ އާއިޝަތު ސައުސަން, ޒައިނަބު އަބުދުالله ޝަފީގު, ހަނާން ހުސައިން ހަލީމް, އަދި މިރާލް އައިން ލަތީފް އެވެ.

ރާއްޖޭގެ ފެތުންތެރިން ވަނީ މިގޭމްސްގައި މިހާތަނަށް 7 ރެކޯޑެއް އައުކޮށްފައެވެ.

- ކޮމެންޓް