ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 08:25
މީގެ ކުރިން ފުލުހުން ޓޯވް ކޮށްފައިވާ ވެހިކަލްތަކެއް
މީގެ ކުރިން ފުލުހުން ޓޯވް ކޮށްފައިވާ ވެހިކަލްތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ފުލުހުން ގެންގޮސްފައިވާ ވެހިކަލްތައް
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 60ށް ވުރެ ގިނަ ވެހިކަލް ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ގެންދިއުމަށް އަންގައިފި
 
އެންމެ ގިނަ ވެހިކަލް ނަގާފައިވަނީ މާލެސިޓީން
 
މީގެ ތެރޭގައި ހިމެނެނީ 48 މޮޓޯ ސައިކަލް، 6 ކާރު، 2 ވޭން، 3 ޕިކަޕް، އެއް ބައިސްކަލް އަދި އެއް އިލެކްޓްރިކް ބައިސްކަލް

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 60ށް ވުރެ ގިނަ ވެހިކަލް ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ގެންދިއުމަށް ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

އާދިއްތަ ދުވަހު ފުލުހުން ވަނީ އެ ޚިދުމަތުގެ ބެލުމުގެ ދަށުގައި 61 ވެހިކަލް ނެގުނުތަނާއެކު ތަފްސީލީ ލިސްޓެއް އާއްމުކޮށްފައެވެ. 61 ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު މީގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކު ކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ވެހިކަލް ނަގާފައިވެއެވެ.

ފުލުހުން ބުނީ އުޅަނދުތައް އޭގެ ވެރިފަރާތުން އާދިއްތަ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ގެންދަން ޖެހޭ ކަމަށެވެ. މި މުއްދަތުގައި ނުގެންގޮސް ހުންނަ އުޅަނދުތައް ގާނޫނު ނަންބަރު 5/2009 އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 68-1 ވަނަ މާއްދަގެ ދަށުން ހަމަޖެހިފައިވާ އުސޫލުގެމަތިން ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ 48 މޮޓޯ ސައިކަލް، 6 ކާރު، 2 ވޭން، 3 ޕިކަޕް، އެއް ބައިސްކަލް އަދި އެއް އިލެކްޓްރިކް ބައިސްކަލް އެވެ.

މި ވެހިކަލްތައް ނަގާފައިވަނީ މާލެސިޓީ، އައްޑޫ ސިޓީ، ލ.ގަން އަދި ގދ.ތިނަދޫއިންނެވެ. އެންމެ ގިނަ ވެހިކަލް ނަގާފައިވަނީ މާލެސިޓީންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް