ކ. މާލެ
|
26 އޯގަސްޓް 2023 | ހޮނިހިރު 07:16
ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ
ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު
"ފުރަތަމަ ބުރުގައި މަދުން ވޯޓު ލިބޭ މީހާ ވެރިކަމަށް ގެނައުމުގެ ހިތި ނަތީޖާ ފާއިތުވި ވެރިކަންތަކުން ފެނިއްޖެ"
ނަޝީދުގެ ވެރިކަމުގެ ބޯޓުގެ މަޑުލު ވެއްޓި ފެން އަރާ ބޯޓު ފެތެން މެދުވެރިވި ކަމަށް ސައުދު ވިދާޅުވި
2008ގެ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 25% ވޯޓު ކަމަށް އޭނާ ވިދާޅުވި
ސައުދު ވަނީ މިހާރު ރާއްޖެ އޮތީ ކުރިން ދުވަހަކުވެސް ނެތް ފަދަ ހާލަތެއްގައި ކަަމަށާއި މިހާރު މިތިބީ ނާޒުކު ހިސާބެއްގައި ކަމަށް ވިދާޅުވެފަ

ފުރަތަމަ ބުރުގައި މަދުން ވޯޓު ލިބޭ މީހާ ވެރިކަމަށް ގެނައުމުގެ ހިތި ނަތީޖާ ފާއިތުވި ވެރިކަންތަކުން ފެނިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޒުވާން ލީޑަރުން ނުއުފެދުމުގެ ނަތީޖާ އަކީ ރިޔާސީ އިންތިޚާބުގައި ފުރަތަމަ ބުރުގައި ވޯޓު ލިބޭ މީހާ ދެވަނަ ބުރަކަށް ދާއިރު އިންތިޚާބު ކާމިޔާބުކުރުން ކަމަށެވެ. ސައުދު ވަނީ ކުރިން އިންތިޚާބުތަކުގައި ފުރަތަމަ ބުުރުން މަދުން ވޯޓު ލިބޭ މީހާ ދެވަނަ ބުރުގައި ހޮވަން މަސައްކަތްކުރި މީހުން ތިބި ކަމަށް ވިދާޅުވެފައެވެ. އެގޮތުން 2008ގެ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 25% ވޯޓު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ނަތީޖާ ބަލަން އެބަ ޖެހޭ ކަމަށާއި އެ ވެރިކަން ދިޔައީ ރަނގަޅަށް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެބޯޓުގެ މަޑޫ ނެއްޓި ފެން އަރާ ބޯޓު ފެތެން މެދުވެރިވި ކަމަށް ސައުދު ވިދާޅުވިއެވެ. އަދި އޭރު ޒުވާން ޖީލަށް ޚިދުމަތް ކުރާނެ ފުރުސަތު ނުލިބި ގައުމު ދިޔައީ ފަހަތަށް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ. އަދި 2013 ގަވެސް ކަން ހިނގީ އެ ބީދައިން ކަމަށް ވިދާޅުވިއެވެ. އޭރު މާސްކު އަޅައިގެން ވެރިކަން ކުރަން ޖެހުމުން ނަތީޖާ އަކީ ޚުދުމުހުތާރު ވެރިކަމަކަށް ފުރުސަތު ލިބުން ކަމަށް ސައުދު ވިދާޅުވިއެވެ. ސައުދު އެހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތްކުރައްވައެވެ. އެއީ ނުރައްކާތެރި އަނިޔާވެރި ގެއްލުން ބޮޑު ވެރިކަމެއް ކަމަށް ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވަނީ މިހާރު ރާއްޖެ އޮތީ ކުރިން ދުވަހަކުވެސް ނެތް ފަދަ ހާލަތެއްގައި ކަަމަށާއި މިހާރު މިތިބީ ނާޒުކު ހިސާބެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި މި އިންތިޚާބާއި ކުރިމަތިލަމުން މިދަނީ މިހާތަނަށް ދިމާނުވާ ހާލަތެއްގެ މެދުތެރެއިން ކަމަށް ވިދާޅުވިއެވެ. އެހެންކަމުންމި ފަހަރުގެ ވޯޓުގައި ވިސްނަން ޖެހޭ އެތައް ކަމެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސައުދު ވިދާޅުވީ ދުނިޔެ ދަނީ ބަދަލުވަމުން ކަމަށާއި ސިޔާސީ ޕާޓީތަކުން ގެނައި ކުރިއެރުމާއި ދައުލަތަށް ދީފައިވާ ގެއްލުމާއި މެދު ވެސް ވިސްނަން ޖެހޭ ކަމަށެވެ. އަދި އެކަންކަމާއި މެދު ވިސްނަން ތިބީ އަދުގެ ޒުވާން ޖީލުކަމަށް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް