Advertisement
ކ. މާލެ
|
8 ނޮވެންބަރ 2025 | ހޮނިހިރު 14:23
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން
ކަރަޕްޝަން
15 ސްކޫލުގެ ވަށާފާރު ރާނަން 15 މިލިއަނަށް ހަވާލުކުރިއަސް މަޝްރޫއުގެ ތަފްސީލު ދޭކަށް ނުކެރޭނެ: ސައުދު
206 މަޝްރޫއު 53 ކުންފުންޏަކަށް ބިޑަކާ ނުލައި ހަވާލުކޮށްފައިވާއިރު އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 2.7 ބިލިއަން ރުފިޔާ
ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ފަސް މެންބަރުންގެ ކުންފުންޏަކަށް 746 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރި

ސަރުކާރުން 15 ސްކޫލެއްގެ ވަށާފާރު ރޭނުމުގެ މަސައްކަތް "ސޮލެކްސް" ކުންފުންޏާ ހަވާލު ކުރި ކުރުމަކީ ބޮޑު ޚިޔާނާތުގެ ބައެއް ކަމަށާ މި މަޝްރޫއުގެ ތަފްސީލުތައް ދޭން މި ސަރުކާރަށް ނުކެރޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

މި މަަސައްކަތަކީ މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ބިޑަކާ ނުލާ އަމިއްލަ ކުންފުނިތަކާ ސީދާ ހަވާލުކޮށްފައިވާ 206 މަޝްރޫއުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެކެވެ. އެކަމާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސައުދު ވިދާޅުވީ މިއީ ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ހިންގާފައިވާ ބޮޑު ޚިޔާނާތުގެ ތެރެއިން ބައެއް ބައެއް ކަމަށެވެ.

މިފަދަ މަޝްރޫއުތަކަކީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކައުންސިލްތަކުން ނުވަތަ ސުކޫލްތަކަށް ހިންގޭނެ ކުދިކުދި ޕްރޮޖެކްޓުތަކެއް ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކުރާ މިންވަރު މިކަމުން ވެސް ހާމަވާ ކަމަށް ސައުދު ވިދާޅުވި އެވެ. އަދި މިއީ ކޮންކޮން ރަށެއްގެ، ކޮން މިންތަކަކަށް ހަދާ އަދި ކިހިނެއް ހަދާ ފާރުތަކެއް ކަން ބުނެދީ މި މަޝްރޫއުތަކުގެ ތަފްސީލު ދޭން މި ސަރުކާރަށް ނުކެރޭނެ ކަމަށެވެ.

ޖުމްލަ 206 މަޝްރޫއު 53 ކުންފުންޏަކަށް ބުރާސްފަތި ދުވަހު ނަސަންދުރާ ގައި ބޭއްވި ރަސްމިއްޔާތެއްގައި ހަވާލު ކޮށްފައިވާ އިރު އެ މަޝްރޫއުތަކުގެ ޖުމްލަ އަގު 2.7 ބިލިއަނަށް އަަރަ އެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ސަރުކާރާ ގުޅުން ހުރި ފަރާތްތަކާ އެވެ. އޭގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ފަސް މެންބަރެއްގެ ކުންފުނިތަކަށް 600 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކަށް މަޝްރޫއު ހަވާލުކޮށްފައިވެ އެވެ.

އަޑި ނޭނގޭ ގޮތައް މި ސަރުކާރުން ބުރާސްފަތި ދުވަހު ބަހާލި މަޝްރޫއުތަކުން އެންމެ ގިނަ ފައިސާ ލިބެނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެކުންފުންޏަށް ގާތްގަނޑަކަށް 286 މިލިއަން ރުފިޔާ ލިބެ އެވެ.

އަލްޓެކް މޯލްޑިވްސް އަކީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާ ގެ މެންބަރު އިބްރާހިމް ނަސީމު ގެ ކުންފުންޏެކެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ ވެސް އޭނާ އެވެ.

- ކޮމެންޓް