ކ. މާލެ
|
26 އޯގަސްޓް 2023 | ހޮނިހިރު 06:59
އެމްބާޕޭ އާއި އަންޗެލޮޓީ
އެމްބާޕޭ އާއި އަންޗެލޮޓީ
ގެޓީ އިމޭޖަސް
ކިލިއަން އެމްބާޕޭ
މި ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ނުގެންނަން ރެއާލް މެޑްރިޑުން ނިންމައިފި
 
އެމްބާޕޭ ވަނީ ޕީއެސްޖީ އާއެކު އެއްބަސްވުން އައުކުރަން ދެކޮޅު ހަދާފައި

ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ މި އަހަރުގެ ހޫނު މޫސުމުގައި ރެއާލް މެޑްރިޑަށް ގެނައުމުގެ މަސައްކަތް ނުކުރާނެކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

އުމުރުން 24 އަހަރުގެ އެމްބާޕޭ މިހާތަނަށް ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފައިވާއިރު، އޭނާ ރެއާލް މެޑްރިޑާ ގުޅިދާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ފްރާންސްގެ ކެޕްޓަންގެ އެއްބަސްވުން އަންނަ އަހަރު ހަމަވުމުން ހިލޭ ގެއްލުމުގެ ނުރައްކާ އޮތުމާއެކު، ޕީއެސްޖީން ވަނީ އޭނާ ވިއްކާލަން ހުޅުވާލައިފަ އެވެ.

އެމްބާޕޭ ގެނައުމާ ގުޅޭގޮތުން ސުވާލު ކުރުމުން އަންޗެލޮޓީ ވަނީ މި ހޫނުމޫސުމުގައި އެމްބާޕޭ ނުގެންނާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން ދީފައެވެ. އޭނާ އިތުރަށް ބުނީ، ޓީމު މިވަގުތަށް ހަމަކަމަށާއި، ކުޅުންތެރިންގެ ވިސްނުން ހުރީ މި ސީޒަނާ ދޭތެރޭ ކަމަށެވެ.

އެމްބާޕޭ ޕީއެސްޖީގެ ފުރަތަމަ ޓީމާ ދުރުގައި މި މަހުގެ ތެރޭގައި ދުވަސްތަކެއް ހޭދަކުރި ނަމަވެސް، އޭގެ ފަހުން އެމްބާޕޭ ވަނީ ކްލަބާއެކު މަޝްވަރާތަކެއް ކުރުމަށްފަހު އެނބުރި އައިސްފަ އެވެ. ލީގުގެ ފުރަތަމަ މެޗުގައި އޭނާ ހިމަނާފައެއްވެސް ނުވެއެވެ. ނަމަވެސް ދެވަނަ މެޗުގައި އޭނާ ވަނީ ކުޅެ، ޓީމަށް ޕެނަލްޓީއެއް ކާމިޔާބުކޮށްދީފައެވެ.

ޖުލައި މަހު ސައުދީގެ އަލް ހިލާލުން ވަނީ ދުނިޔޭގެ ރެކޯޑު އަދަދެއް ކަމަށްވާ 259 މިލިއަން ޕައުންޑު އެމްބާޕޭއަށް ހުށަހަޅާފައެވެ. އެމްބާޕޭ ޕީއެސްޖީއާ ގުޅުނީ 2017 ވަނަ އަހަރު 165.7 މިލިއަން ޕައުންޑަށެވެ. އެޔަށްފަހު އޭނާ ވަނީ ޕީއެސްޖީއަށް 261 މެޗު ކުޅެދީ، 213 ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް