ކ. މާލެ
|
25 އޯގަސްޓް 2023 | ހުކުރު 15:06
ޖެރެމީ ޑޯކޫ
ޖެރެމީ ޑޯކޫ
ޓްވީޓަރ
މެންޗެސްޓަރ ސިޓީ
ރެނެސްގެ ޖެރެމީ ޑޯކޫ، މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފި
 
ޑޯކޫ މެންޗެސްޓަރ ސިޓީއާއެކު ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ރެނެސްއަށް ކުޅެމުން އައި ބެލްޖިއަމްގެ ޖެރެމީ ޑޯކޫ، މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ.

ޑޯކޫ ސިޓީއަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެދަށުން، 55.4 މިލިއަން ޕައުންޑަށެވެ. އުމުރުން 21 އަހަރުގެ މި ކުޅުންތެރިޔާވަނީ ފްރެންޗް ލީގުގައި ހޭދަކުރި ތިން ސީޒަނުގައި 75 މެޗު ކުޅެ، 10 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށްވެސް 16 މެޗު ކުޅެދީފައެވެ. ސިޓީގައި އޭނާ ބޭނުންކުރާނީ 11 ނަންބަރު ޖާޒީ އެވެ.

ޑޯކޫ ބުނީ، ސިޓީއަކީ ދުނިޔޭގެ އެއްވަނަ ޓީމުކަމަށާއި، އެ ކްލަބާއި ގުޅުން އެއީ އޭނާއަށް ވަރަށް ޚާއްސަ ކަމެއް ކަމަށެވެ. އޭނާ އަކީ މި ހޫނުމޫސުމުގައި ޕެޕް ގާޑިއޯލާގެ ޓީމަށް ސޮއިކުރި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އެ ޓީމުން ވަނީ ޗެލްސީއަށް ކުޅުނު މަޓެއޯ ކޮވަސިޗް އާއި ލައިޕްޒިގަށް ކުޅުނު ޖޮސްކޯ ގްވާޑިއޯލް ގެނެސްފައެވެ.

މިދިޔަ ސީޒަނުގައި ޑޯކޫ ވަނީ 35 މެޗު ކުޅެ، ހަތް ލަނޑު ޖަހާފައެވެ. އޭނާ ހޯދުމުގެ މަސައްކަތް ވެސްޓް ހޭމް، ޓޮޓެންހަމް އަދި ޗެލްސީން ވެސް ވަނީ ކޮށްފައެވެ. ރެނެސް އާއެކު 2020 ވަނަ އަހަރު އޭނާ ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ ސިޓީއަށް ބަދަލުވާއިރު، އެއްބަސްވުމުގައި ބާކީ ދެ އަހަރު ހިމެނެއެވެ.

މެންޗެސްޓާ ސިޓީން ވަނީ މިދިޔަ ހަފްތާގައި، ބެނާޑޯ ސިލްވާގެ އެއްބަސްވުންވެސް އައުކޮށްފައެވެ. އަދި އެ ޓީމުގެ ޑިފެންޑަރު، އައިމެރިކް ލަޕޯޓް ވަނީ ސައުދީގެ އަލް ނަސްރަށް ބަދަލުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް