ކ. މާލެ
|
24 އޯގަސްޓް 2023 | ބުރާސްފަތި 18:42
އެއްބަސްވުމުގައި ސޮއިކުރައްވަނީ
އެއްބަސްވުމުގައި ސޮއިކުރައްވަނީ
އިސްލާމިކް މިނިސްޓްރީ
މިސްކިތް އިމާރާތްކުރުން
ދެ މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ
ހއ. މުރައިދޫގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 8,080,557.86 ރުފިޔާ
ގއ. ގެމަނަފުށީގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 10,190,999.55 ރުފިޔާ

ހއ. މުރައިދޫއާއި ގއ. ގެމަނަފުށީގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް، ޑރ. އަހުމަދު ޒާހިރު އަލީއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު، ހުސައިން ވަހީދެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ބިނާކުރެވޭ މިސްކިތްތަކަކީ އެރަށްރަށުގެ ރައްޔިތުން ވަރަށް ބޮޑު އުންމީދެއް އެ ބިނާތަކާމެދު އޮންނަ ބިނާތަކަކަށްވާތީ, އެއްބަސްވުމުގައި ވާގޮތަށް މަޝްރޫއުގެ މަސައްކަތް ނިންމައި, މިނިސްޓްރީއާ ހަވާލުކުރުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ. އަދި އެކަމުގައި މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ހއ. މުރައިދޫގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 8,080,557.86 (އަށްމިލިޔަން އައްޑިހަހާސް ފަސްސަތޭކަ ފަންސާސް ހަތް ރުފިޔާ، އަށްޑިހަ ހަ ލާރި)އެވެ.

ގއ. ގެމަނަފުށީގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 10,190,999.55 (ދިހަ މިލިޔަން އެއްލައްކަ ނުވަދިހަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާ، ފަންސާސް ފަސް ލާރި)އެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ދެ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ ދެ މިސްކިތެވެ. 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެއްބަސްވެވުނު މި މިސްކިތަކީ އަންހެންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް