ކ. މާލެ
|
23 އޯގަސްޓް 2023 | ބުދަ 20:11
ރައީސް ޞާލިހް ރ. މީދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސް ޞާލިހް ރ. މީދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
މީދޫގެ ތަރައްގީ
ރައީސް ޞާލިހުގެ ވައުދު - ރ. މީދޫ އިތުރަށް ހިއްކާ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން
ކަރަންޓް ކެޕޭސިޓީ އިތުރުކުރުމަށް އައު އިންޖީނުގެއެއް އަޅާ ނެޓްވޯކް ބަދަލުކުރުން
މީދޫގެ ރައްޔިތުން ރަށުގެ ތަރައްގީއާއެކު ތިބިކަން މިހާރު ފެނިގެންދޭ

ރ. މީދޫ އިތުރަށް ހިއްކާ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި މަސައްކަތްތައް ބައްޓަން ކުރައްވާނީ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ކަމަށެވެ. މި 5 އަހަރުގެ ތެރޭގައި ވެސް ސިޔާސަތަކީ އެއީ ކަމަށާއި، އެގޮތަށް ތަންފީޒުކުރުމުން ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދިޔަތަން ފެނިގެންދިޔަ ކަމަށެވެ. ރައީސް ވިދާޅުވީ މީދޫއަކީ ވަކި ޕާޓިއެއްގެ ޖަގަހައެއްގެ ގޮތުގައި ބަލަމުން އައި ތަނެއް ކަމަށެވެ. ނަމަވެސް މީދޫގެ ރައްޔިތުން ރަށުގެ ތަރައްގީއާއެކު ތިބިކަން މިހާރު ފެނިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ހިޔާލުތަފާތުވުންތައް އޮތްނަމަވެސް ރަށުގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތުގައި މީދޫ ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

މީދޫގެ ރައްޔިތުންނަކީ ތަރައްގީއާއެކީގައި ތިބޭ ބައެއް. މިދިޔަ ދައުރުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައި އެބަހުރި. މީދޫ ރައްޔިތުން އެންމެ ބޭނުންވާ ދެ ކަންތައް އެބަހުރި. އެއީ އައު ހޮސްޕިޓަލާއި ބަނދަރު. ބަދނަރަކީ ކައިރި ގިނަ ރިސޯޓްތަކުން ބޭނުންކުރާ ބަނދަރެއް. ބަނދަރު ބޮޑުކުރުމަކީ ވެފައިވާ ވައުދެއް. ލަސްތަކެއް ނުވެ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ. އައު ހޮސްޕިޓަލް މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި. ލަސްތަކެއް ނުވެ އެ މަސައްކަތް ފެށިގެންދާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް މީދޫއަށް ވެވަޑައިގެންނެވި ވައުދުފުޅުތައް:

- ބިން އިތުރުކޮށް ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ހިއްކެން އޮތް މިންވަރު ބަލާ ހިއްކުމަށްފަހު ހައުސިންގ މަޝްރޫއު ފެށުން.

- ނުހެދި ހުރި މަގުތައް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ހެދުން

- އައު ބޮޑު މިސްކިތެއް

- ކަރަންޓް ކެޕޭސިޓީ އިތުރުކުރުމަށް އައު އިންޖީނުގެއެއް އަޅާ ނެޓްވޯކް ބަދަލުކުރުން

- ވޮލީ ކޯޓު ހަދާ ފުޓްބޯޓަ ދަނޑުގެ ރޮސްޓްރަމް ހެދުން

- ކޮމިއުނިޓީ ސެންޓަރެއް އަޅައިދިނުން

ރައީސް ވިދާޅުވީ މިއީ މީދުއަށް ކުރަން ބޭނުންވާ ކަންކަން ކަމަށާއި، އަދިވެސް ކަންކަން ހުންނާނެ ކަމަށެވެ. ރައްޔިތުން ބޭނުންވާ ކަންކަން ހުށަހަޅުއްވާ އެކަންކަން ދެނެގަނެ އިތުރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް