Advertisement
ކ. މާލެ
|
23 އޯގަސްޓް 2023 | ބުދަ 14:31
ރައީސް ޞާލިހު ރ. ފައިނުގައި ވާހަކަފުޅުދައްކަވަނީ
ރައީސް ޞާލިހު ރ. ފައިނުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ފައިނުގެ ތަރައްގީ
ފައިނު ވަށައިގެން ޒަމާނީ ރިންގްރޯޑަކާއި އިތުރު ވައުދުތަކެއް
މި 5 އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މަސައްކަތް ކުރެވުނު 5 އަހަރު

ކުރިއަށް އޮތް ދައުރުގެ ތެރޭގައި ރ. ފައިނުގެ ވަށައިގެން ރިންގް ރޯޑެއް ގާއިމްކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އިތުރު ވައުދުފުޅުތަކެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެރަށަަށް ވެވަޑައިގަންނަވައިފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ރ. ފައިނަށް ވަޑައިގެން ބޭއްވި "ބަނދަރު ބައްދަލުވުން" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި 5 އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މަސައްކަތް ކުރެވުނު 5 އަހަރު ކަމަށެވެ. ރައީސް ވިދާޅުވީ 5 އަހަރު އެއްކޮށް ނުލިބޭ ކަމަށާއި، ކޮވިޑާއެކު އެތަކެއް ދުވަހެއް ގެއްލިގެން ދިޔަ ކަމަށެވެ.

ރައީސް ވަނީ ފައިނުގެ ތަރައްގީއަށް ކައުންސިލުން އެދުނު ގޮތަށް ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ފައިނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް:

- ލޭންޑްސްކޭޕް ހަދާ ވަށައިގެން އެއްގަމުން ދަތުރުކުރެވޭނެ ރިންގ ރޯޑް ހެދުން

Advertisement

- ބަނދަރުގެ އެކްސްޓެންޝަނާއެކު ދޯނި އެހެލާނެ ތަނެއް

- ފުޓް ބޯޅަ ދަނޑާއި ޓެނިސްކޯޓް

- ސްވިމިންގ ޓްރެކް

- އިތުރު ޖެންސެންޓް އަދި އިއާދަކުރަނިވި ހަކަތަ

ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވެފައި ހުރި ގިނަ ކަންކަން ދަނީ ފުރިހަމަވަމުން ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރަށް މަސައްކަތް ފަށަށް ރާވާއިރުގައި މި ވޭތުވެދިޔަ 5 އަހަރު ވެގެންދަނީ މުޅި ރާއްޖެގެ ވެރިކަމުގެ ތާރީހުގައި އެންމެ ގިނަ މަސައްކަތް އެއްފަހަރާ ކުރެވުނު 5 އަހަރުގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ހަގީގަތުގައި މި މަސައްކަތް ކުރުމަށްޓަކައި 5 އަަހަރު މުޅިން ލިބުނެކޭ ނބުނެވޭ. ކޮވިޑްގެ އާލަމީ ވަބާއާއެކު އެންމެންގެ ވިސްނުން އަމާޒުކުރަން ޖެހުނީ ރައްޔިތުންގެ ސިއްހީ ހާލަތާއި ދޭތެރޭގައި ފުރާނަ ސަލާމަތްކުރުމަށް. އެކަމަށްޓަކައި ސަރުކާރުން ނިންމާފައި ހުރި ބައެއް މަސައްކަތްތައް މަޑުޖައްސާލަން ޖެހުނު. މިއަދާ ހަމައަށް އައި އިރު ރައްޔިތުން ބޭނުންވި ސްޕީޑުގައި ކަންކަން ނުކުރެވި އެބަހުރި. އެހެެންނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި މި މަސައްކަތްތައް ނިންމާލަން. ދެވަނަކަމަކަށް މި މަސައްކަތުގެ ތެރެއަށް ދެވުނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ނުދިއުމުން. ހިޔާލު ތަފާޓުވާ މީހުންނަށް ފުރުސަތު އޮންނަންވާނެ. ބަސްވުނެވެންޖެހޭނެ. ކުރިއަށް މިދިޔައީ އެ ފުރުސަތު ވާދަވެރި އެންމެނަށް ދީގެން. އޭގެ ނަތީޖާ މިއަދު މި ފެންނަނީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް ވިދާޅުވީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވަދެ ވަގުތު ހޭދަކުރިނަމަ އަސާސީ ހިދުމަތްތަކާއި ތަރައްގީގެ މަސައްކަތްތައް ކުރުމަށް ފުރުސަތު ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް ހިޔާލު ތަފާތުވާ ފަރާތްތަކަށް ފުރުސަތު ދީ ވައުދުތައް ފުރިހަމަކުރުން ގެންދަވާނެ ކަމަށާއި، މިހާރުވާ ވައުދުތައް ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަސާސީ ކަންކަމުގެ ލިސްޓް ދެން ދިގެއް ނުވާނެ ކަމަށެވެ. އަދި އިދިކޮޅުން އައިސް ވާނެ މާ ގިނަ ވައުދެއް ނެތް ކަމަށާއި، ހުރިހާ ކަމެއް ދަނީ ނިމެމުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް