ކ. މާލެ
|
22 އޯގަސްޓް 2023 | އަންގާރަ 22:19
ޖެރެމީ ޑޯކޫ
ޖެރެމީ ޑޯކޫ
ގޫގުލް
މެންޗެސްޓަރ ސިޓީ
ބެލްޖިއަމްގެ ޖެރެމީ ޑޯކޫ، މެންޗެސްޓަރ ސިޓީއާ ގުޅުމާ ގާތަށް
 
ޑޯކޫ ވަނީ ރެނެސް އަށް 12 ލަނޑު ޖަހައިދީފަ

ރެނެސް އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް، ޖެރެމީ ޑޯކޫ މެންޗެސްޓަރ ސިޓީއާ ގުޅުމާ ގާތަށް ޖެހިލައިފިކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން، މެންޗެސްޓަރ ސިޓީން ވަނީ 55.4 މިލިއަން ޕައުންޑަށް އޭނާ ގަތުމަށް އެއްބަސްވެފައެވެ. އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ވަނީ ފްރެންޗް ލީގުގެ ޓީމަށް 92 މެޗު ކުޅެދީ، 12 ލަނޑު ޖަހާފައެވެ. އޭނާ ވެގެންދާނީ މި ހޫނުމޫސުމުގައި ސިޓީއަށް ސޮއިކުރާ ތިންވަނަ ކުޅުންތެރިޔާއަށެވެ. ޗެލްސީއަށް ކުޅުނު މަޓެއޯ ކޮވަސިޗް 25 މިލިއަން ޕައުންޑަށް ބަދަލުވެފައިވާއިރު، ލެއިޕްޒިގަށް ކުޅުނު ގްވާޑިއޯލް ވަނީ 77 މިލިއަން ޕައުންޑަށް ސިޓީއަށް ބަދަލުވެފައެވެ.

ވެސްޓް ހޭމް، ޓޮޓެންހަމް އަދި ޗެލްސީންވެސް ވަނީ ޑޯކޫ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ސިޓީއަށް އޭނާ ގެންދިޔުމަށް ނިންމީ ރިޔާދް މާރޭޒް ސައުދީގެ އަލް އަހްލީ އަށް ބަދަލުވުމާއެކުއެވެ. އަދި އޭގެކުރިން، ޓީމުގެ ކެޕްޓަން ގުންޑޮގާންވެސް ބާސެލޯނާއަށް ބަދަލުވުމާއެކުއެވެ.

ސިޓީން ވަނީ ޓީމުގެ ޑިފެންޑަރު، އައިމެރިކް ލަޕޯޓްވެސް ސައުދީގް އަލް-ނަސްރަށް ވިއްކާލަން އެއްބަސްވެފައެވެ. މީގެއިތުރުން، ކަންސެލޯވެސް ވަނީ ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ޖެހިލާފައެވެ.

މެންޗެސްޓަރ ސިޓީން ވަނީ އައު ސީޒަނުގެ ފުރަތަމަ ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. ލީގު ފެށުމުގެ ކުރިން ސިޓީން ވަނީ ސެވިއްޔާ ބަލިކޮށް ސުޕަ ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް