Advertisement
ކ. މާލެ
|
22 އޯގަސްޓް 2023 | އަންގާރަ 12:30
ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ (40އ)
ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ (40އ)
ޕޮލިސް
މަކަރާއި ހީލަތް ހެދުން
މަކަރާއި ހީލަތުގެ މައްސަލައެއްގައި ދިވެހި އަންހެނަކު ހޯދަން އިއުލާނުކޮށްފި
އޮގަސްޓް 28 ވަނަ ދުވަހުގެ 11:30 އަށް ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ޖެހޭ
އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވޭ

މަކަރާއި ހީލަތުގެ މައްސަލައެއްގައި ދިވެހި އަންހެނަކު ހޯދަން އިއުލާނުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

ވުމާއެކު، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން ވަނީ އިއުލާނުކޮށްފައެވެ

Advertisement

އެއީ ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ (40އ) އެވެ. އޭނާ ހާޒިރުކުރަނީ މި މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށެވެ.

ފުލުހުން ވަނީ 2023 އޮގަސްޓް 28 ވަނަ ދުވަހުގެ 11:30 އަށް ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް