ކ. މާލެ
|
22 އޯގަސްޓް 2023 | އަންގާރަ 12:16
އެމްބާޕޭ
އެމްބާޕޭ
ޓްވީޓަރ
ޕީއެސްޖީ
އެމްބާޕޭ ވިއްކާލަނީ 250 މިލިއަން ޕައުންޑަށް: ޕީއެސްޖީ
 
މިވަގުތު ރެއާލް މެޑްރިޑުން އެމްބާޕޭ ގަތުމާމެދު ޝައުގުކުޑަ

ފްރާންސްގެ ޕީއެސްޖީ ދޫކޮށްލަން ބޭނުންވެފައި ހުރި ދުނިޔޭގެ އެންމެ މޮޅު އެއް ފޯވަޑް ކީލިއަން އެމްބާޕޭ ވިއްކާނީ 250 މިލިއަން ޕައުންޑަށް ކަމަށް އެކުލަބުން ބުނެފި އެވެ.

ޕީއެސްޖީން ގަބޫލުކުރަނީ މިއީ ރެއާލް މެޑްރިޑަށް އެކުލަބުން އެމްބާޕޭ ލުއްސައިލަން އެހާ ފަސޭހަ އަދަދަކަށް ނުވާނެ ކަމަށެވެ. އަދި މިވަގުތު ރެއާލް މެޑްރިޑުން އެމްބާޕޭ ގަތުމާމެދު ޝައުގު ކުޑަކޮށްތިބީތީވެ، ޕީއެސްޖީ އޮތީ ކުޑަ ހައިރާންކަމެއްގަ އެވެ. އެކުލަބުން ގަބޫލުކުރަނީ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރަށް އައުކޮށް އެމްބާޕޭ ރެއާލް މެޑްރިޑާ އަންނަ ސީޒަނުގައި ގުޅޭނެ ކަމަށެވެ. އަދި މިކަމަށް އޭނާ އަނގަބަހުން އެއްބަސްވެފައިވާ ކަމަށް ޕީއެސްޖީން ވެސް ތުހުމަތުކުރެ އެވެ. ރެއާލް މެޑްރިޑުން މި ސީޒަނަށް އަގުބޮޑުކޮށް ފޯވަޑެއް ނުގަތީ ވެސް އެމްޕާބޭ އަންނަ ސީޒަނުގައި ހިލޭ ލިބޭނެ ކަމުގެ އުއްމީދުބޮޑުކަމުންނެވެ.

ޕީއެސްޖީގެ ފުލް ޓީމުން އެމްބާޕޭ އަށް މިހާރު ވަނީ ފުރުސަތުދީފަ އެވެ. އެއީ އެކުލަބަކާއެކު 2025ގެ ނިޔަލަށް ކޮންޓްރެކްޓް އާކުރަން އޭނާ އެއްބަސްވުމުންނެވެ. ކުރިން އޭނާ ހުރީ މި ސީޒަނުގައި ޕީއެސްޖީކުޅުމަށްފަހު ކޮންޓްރެކްޓް އާނުކޮށް ރެއާލް މެޑްރިޑަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވުމަށެވެ.

ޕީއެސްޖީން ބުނަމުންދަނީ ފްރާންސްގެ ކެޕްޓަނަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. މިސަބަބާހުރެ ހިލޭ އޭނާ ދޫކޮށްނުލާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
67%
0%
0%
0%
0%
33%
ކޮމެންޓް