ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 12:59
އަވައްޓެރި ފުލުހުންގެ ރިވިއު ފޯރަމް
އަވައްޓެރި ފުލުހުންގެ ރިވިއު ފޯރަމް
ޕޮލިސް
އަވައްޓެރި ފުލުހުން
އަވައްޓެރި ފުލުހުންގެ ރިވިއު ފޯރަމް ބާއްވައިފި
ފޯރަމް ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު
އަވައްޓެރި ފުލުހުންގެ މަސައްކަތްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭ މަޝްވަރާތައް ކުރިއަށްދިޔަ

ސެންޓްރަލް ޕޮލިސިންގ ކޮމާންޑު، އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ރިވިއު ފޯރަމް 2023 ބާއްވައިފިއެވެ.

މި ފޯރަމް ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

ފޯރަމް ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ތަނުގައި ހާއްސަ ސަމާލުކަމެއް ދީގެން ސެންޓްރަލް ޕޮލިސިންގ ކޮމާންޑުން މަސައްކަތްތައް ތަރުތީބުކޮށް ބައްޓަން ކުރަން އެބަޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ޕެނަލް ޑިސްކަޝަނާއި ގްރޫޕް މަސައްކަތްތައް އަދި ޕްރެޒެންޓޭޝަންތަކާ އެކު ކުރިއަށް ގެންދިޔަ މިފޯރަމްގައި، ގްރޭޓަރ މާލެ އޭރިއާގެ އަވައްޓެރި ފުލުހުން ވޭތުވެ ދިޔަ ފަސްއަހަރު ކޮށްފައިވާ މަސައްކަތްތަކާއި، އަވައްޓެރި ފުލުހުންގެ މަސައްކަތްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިއަށް އޮތްތަނުގައި އަވައްޓެރި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ވިލަރެސް ކުރުމުގެ މަސައްކަތްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް