ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 07:02
ބެލިންހަމް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ބެލިންހަމް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ރޮއިޓާސް
ސްޕެނިޝް ލަލީގާ
ރެއާލް މެޑްރިޑަށް ދެވަނަ މޮޅު، ތަފާތު ދެއްކީ ބެލިންހަމް
 
އަލްމޭރިއާ އާ ދެކޮޅަށް ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން

ޖޫޑް ބެލިންހަމްގެ މޮޅު ކުޅުމާއެކު، ރެއާލް މެޑްރިޑުން ލީގުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

އަލްމޭރިއާ އާ ދެކޮޅަށް ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބެލިންހަމް ވަނީ ދެ ލަނޑު ޖަހައި، އެއް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މިއާއެކު، ޑޯޓްމަންޑުން ރެއާލް މެޑްރިޑަށް ބަދަލުވުމަށްފަހު ކުޅުނު ދެ މެޗުން ބެލިންހަމް ވަނީ ތިން ލަނޑު ޖަހާފައެވެ.

މެޗުގައި ފުރަތަމަ ކުރިހޯދީ އަލްމޭރިއާ އެވެ. ތިންވަނަ މިނެޓުގައި އެ ޓީމަށް ކުރިހޯދަދިނީ ސާޖިއޯ އަރިބާސް އެވެ. ބެލިންހަމް ވަނީ ފުރަތަމަ ހާފުގައި އެއް ލަނޑު އަދި ދެވަނަ ހާފުގައި އެއް ލަނޑު ޖަހައި، ރެއާލްއަށް ކުރިހޯދަދީފައެވެ. އޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން ރެއާލްގެ ތިންވަނަ ލަނޑު ޖެހީ ވިނީޝިއަސް ޖުނިއާއެވެ.

ބެލިންހަމްގެ އިތުރުން، ރެއާލް މެޑްރިޑަށް މި ހޫނު މޫސުމުގައި ސޮއިކުރި ބައެއް ކުޅުންތެރިން މި މެޗުން ފެނިފައިވެއެވެ. ފުރަތަމަ 11 ގައި ފްރޭން ގާސިއާ ހިމަނާފައިވާއިރު، ހޮސޭލޫ އާއި ބްރަހިމް ޑިއާޒް ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުމެފައެވެ. ދާދި ފަހުން އެ ޓީމަށް ސޮއިކުރި ކީޕަރު ކެޕާ އިނީ ބެންޗުގައެވެ. މި މެޗުގައި ކޯޗު ބޭނުންކޮށްފައިވަނީ ލުނިން އެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑުން ވަނީ އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓިމުން ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް، ހަ ޕޮއިންޓް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް