Advertisement
ކ. މާލެ
|
19 އޯގަސްޓް 2023 | ހޮނިހިރު 13:07
ފުލުހުން ތަމްރީން ކުރަނީ
ފުލުހުން ތަމްރީން ކުރަނީ
ޕޮލިސް މީޑިޔާ
ދިވެހި ފުލުހުންގެ ޚިދުމަތް
ނޯތު ޕޮލިސްގެ ފުލުހުންނަށް ޕަބްލިކް އޯޑަރ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި
ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވާ އެއްވުންތައް ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ރޫޅާލުމުގެ ހުނަރު ދަސްކޮށްދިން
މިއީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް

ނޯތު ޕޮލިސްގައި ހިމެނޭ ނ. ރ. ބ އަދި ޅ އަތޮޅުގެ ކުއިކް ރިއެކްޝަން ޓީމުގައި މަސައްކަތްކުރާ ފުލުހުންނަށް ޕަބްލިކް އޯޑަރ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފިއެވެ.

އޮގަސްޓް 12 އިން 16 އަށް މި ޕްރޮގްރާމު ކުރިއަށްގެންދިޔައީ ރ. އުނގޫފާރުގައެވެ. މި ޕްރޮގްރާމުގައި، ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވާ އެއްވުންތައް ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ރޫޅާލުމުގެ ހުނަރުތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމަށް ބޭނުންކުރާ އުކުޅުތައް ވަނީ ކިޔައިދީފައެވެ.

މީގެ އިތުރުން، އިންތިހާބުގައި ގާނޫނީގޮތުން ފުލުހުން އަމަލުކުރާނެ ގޮތްތަކުގެ މައުލޫމާތު ވެސް މި ޕްރޮގްރާމުގައި ވަނީ ހިއްސާކޮށްފައެވެ.

Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމުގައި ޕަބްލިކް އޯޑަރ ހާލަތްތަކުގައި ބޭނުންކުރާ ފޯމޭޝަންތަކާއި ޑްރިލްތަކުގެ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮދިޔައެވެ.

މިއީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ނޯތު ޕޮލިސްގެ 36 ފުލުހުން ބައިވެރިވި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް