Advertisement
ކ. މާލެ
|
17 އޯގަސްޓް 2023 | ބުރާސްފަތި 14:14
އަންހެނުންނަށް ޚާއްސަ ޓީ ވިތް އިބޫ މާދަމާ
އަންހެނުންނަށް ޚާއްސަ ޓީ ވިތް އިބޫ މާދަމާ
އެމްޑީޕީ
ޓީ ވިތް އިބޫ
އުފާވެރި އަންހެނުން "ޓީ ވިތް އިބޫ" މާދަމާ
މި އިވެންޓަކީ ރައީސް ޞާލިހުގެ ސަރުކާރުގެ 5 އަހަރުގެ ކާމިޔާބީ އަދި ކުރިއަށް އޮތް 5 އަހަރަށް އަންހެނުންގެ އޮތް އުއްމީދު ފާހަގަކުރުމުގެ ގޮތުން ބާއްވާ އިވެންޓެއް

އުފާވެރި އަންހެނުން "ޓީ ވިތް އިބޫ" މާދަމާ ބާއްވަން ހަމަޖައްސައިފިއެވެ.

މިއީ އެމްޑީޕީގެ އަންހެނުންގެ ރޫހާއި، އެމްޑީއޭ އަދި އަދާލަތުގެ އަންހެނުންގެ ކައުންސިލްގެ ފަރާތުން ބާއްވާ އުފާވެރި އަންހެނުން "ޓީ ވިތް އިބޫ" އިވެންޓެވެ. މިއީ އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ޞާލިހާއެކު، މި 3 ޕާޓީގެ އަންހެނުންނާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ބޭއްވޭ ސަޔެކެވެ.

މި އިވެންޓާއި ގުޅޭގޮތުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މި އިވެންޓަކީ ރައީސް ޞާލިހުގެ ސަރުކާރުގެ 5 އަހަރުގެ ކާމިޔާބީ އަދި ކުރިއަށް އޮތް 5 އަހަރަށް އަންހެނުންގެ އޮތް އުއްމީދު ފާހަގަކުރުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމަށެވެ.

Advertisement

މި އިވެންޓް ކުރިއަށްދާއިރު، ލައިވް މިއުޒިކާއި އަންހެން ބޮޑުބެރު ގްރޫޕެއްގެ ހަރަކާތްތައް ހިމެނިގެންދާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ރައީސް ވާހަކަފުޅުދައްކަވާނެ ކަމަށާއި، ކުރިއަށް އޮތް 5 އަހަރަށް އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަންހެނުންނަށް އޮތް މެނިފެސްޓޯގެ ބައިތައް އިއުލާންކުރެވިގެންދާނެ ކަމަށް ވެސް ރޮރެއިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މި އިވެންޓަކީ މުޅި ރާއްޖޭގައި އެއްވަގުތެއްގައި ކުރިއަށްދާ އިވެންޓެއް ކަމަށެވެ. އެގޮތުން އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީގެ ހުރިހާ ހަރުގެއެއްގައި މި އިވެންޓް ކުރިއަށްދާނެ ކަމަށާއި، މި އިވެންޓުގައި ސައި އޮވެފައި މާލޭގައި ރައީސް ބައިވެރިވާ އިވެންޓު، އެހެން ހަރުގެތަކުގައި ލައިވްކުރެވިގެންދާނެ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މިދިޔަ 5 އަހަރު ވެގެންދިޔައީ އަންހެނުންނަށް މީގެ ކުރިން ނުލިބޭ މިންވަރަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދިޔަ 5 އަހަރުގެ ގޮތުގައި ކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރު އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ކުރިއަށްދާނެކަމަށް އުއްމީދުކުރާ ކަމަށާއި، އިވެންޓަށް އަންނަ ފަރާތްތަކަށް މިއަދު ހުރިހާ ދައުވަތު މެސެޖެއް ފޮނުވާލާނެ ކަމަށެވެ. އަދި އެ މެސެޖް ދައްކާލުމުން އިވެންޓަށް ވަޑައިގަންނަވާ ފަރާތްތައް މޭޒުތަކާ ހަމައަށް ގެންދިއުމުގައި ފަސޭހަވާނެ ކަމަށާއި، އިވެންޓެއް ދިޔުމަށް ބުކް ކުރި ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ. އަދި ބުކް ނުކޮށް ވެސް އިވެންޓުގައި ބައިވެރިވެވޭނެ ކަމަށާއި، މިއީ ރައީސް އަށް ތާއިދުކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ އިވެންޓެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް