Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2025 | ހުކުރު 00:05
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފ. ފީއަލީ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވަނީ
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފ. ފީއަލީ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވަނީ
އެކްސް
އަބްދުﷲ ޝާހިދު
މުއިއްޒުގެ ސަރުކާރުން ގައުމު ލޫޓުވަމުން ދިޔުމާ ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީ އިން ނިކުންނަ ނިކުތުމާ ބެހޭ ގޮތުން ޕާޓީގެ ރައީސް ޝާހިދު ފީއަލީ އެމްޑީޕީ މެމްބަރުންނާ މަޝްވަރާ ކުރައްވައިފި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފީއަލީގައި އެމްޑީޕީ މެންބަރުންނާއި އެކު ބައްދަލުކޮށް މަޝްވަރާ ކުރެއްވި
ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު
ޝާހިދުގެ ދަތުރުފުޅުގައި ފީއަލީ ކައުންސިލުން ތަރައްގީކުރި ވޮލީކޯޓު ހުޅުވައިދެއްވި

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމު ލޫޓުވަމުން ދިޔުމާ ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީ އިން މާލޭގައި ނިކުންނަ ނިކުތުމާ ބެހޭ ގޮތުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ފ. ފީއަލީ އެމްޑީޕީ މެމްބަރުންނާ މަޝްވަރާ ކުރައްވައިފި އެވެ.

ޝާހިދު މިކަމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވީ ހުކުރުވިލޭރޭ ފީއަލީ އެމްޑީޕީ މެމްބަރުންނާ އެކު އެ ރަށުގައި ބޭއްވެވި ބައްދަލުވުމެއް ގައެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން ޝާހިދު މީސްމީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފީއަލީ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވާ، ޕާޓީގެ އެކިއެކި ކަންކަމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.

އެގޮތުން އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެއްވި ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ސަރުކާރުން ގައުމު ލޫޓުވަމުން ދިޔުމާ ދެކޮޅު ހެދުމުގެ ގޮތުން އޮކްޓޫބަރު 3 ގައި އެމްޑީޕީ އިން ނިކުންނަ ނިކުތުމާ ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ވިދާޅުވިއެވެ.

"ފީއަލި އެމްޑީޕީ ޓީމް އޮތީ ބަދަހިކޮށް، ރަށުގެ ބާރުވެރިކަން ރަށުގައި ބޭއްވުމަށް ތައްޔާރަަށް. އަދި އޮކްޓޫބަރު 3 ގައި ފީއަލީގެ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އޮންނާނެ،" ޝާހިދު ވިދާޅުވިއެވެ.

ފ. ފީއައްޔަށް ޝާހިދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ހަވީރު އެ ރަށުގެ ކައުންސިލުން ޚަރަދު ކުރައްވައިގެން ތަރައްގީ ކުރި ވޮލީކޯޓު ވަނީ ހުޅުއްވައިދެއްވާފައެވެ.

ޝާހިދު ބުރާސްފަތި ދުވަހު ފީއައްޔަށް ފެއްޓެވި ދަތުރުފުޅުގައި އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

- ކޮމެންޓް