Advertisement
ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 23:47
އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިއާދު ހަމީދު ވާހަކަދައްކަވަނީ
އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިއާދު ހަމީދު ވާހަކަދައްކަވަނީ
އެމްޑީޕީ
ޒުވާނުންގެ ސިޔާސަތު
މިއަދު ޒުވާނުންގެ އުންމީދުގައި ކުލަޖެއްސުމަށް ފައިސާއާ މެދު ހާސްވާކަށް ނުޖެހޭ: އިއާދު
ޒުވާނުންނަށް މިސަރުކާރުން ފަހިކޮށްދިން އެންމެ ބޮޑު ފުރުސަތަކީ ހިލޭ ޑިގްރީ ޕްރޮގްރާމް
އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަށް އުފާވެރިކަން މިސަރުކާރުން ގެނެސްދީފައިވޭ
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ސަރވިސް ޗާޖު ގާނޫނީ ގޮތުން ޔަގީންކޮށްދީފައިވޭ

މިސަރުކާރުގެ ސިޔާސަތުތަކާއެކު މިއަދު ޒުވާނުންގެ އުންމީދުގައި ކުލަޖެއްސުމަށް ފައިސާއާ މެދު ހާސްވާން ނުޖެހޭ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިއާދު ހަމީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ނ.ވެލިދޫގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި އިއާދު ވިދާޅުވީ ޒުވާނުންނަށް އެންމެ ބޮޑު އުންމީދެއް ގެނެސްދިނީ މި ސަރުކާރުން ކަމަށާއި، ޒުވާނުންނަށް އެންމެ ގިނަގުނަ ފުރުސަތުތައް ފަހިކޮށްދިނީ މިސަރުކާރުން ކަމަށެވެ. މިސަރުކާރުގެ ޒުވާނުންގެ ސިޔާސަތުތަކަށް އިޝާރާތް ކުރައްވައި އިއާދު ވިދާޅުވީ ޒުވާނުންގެ އުންމީދާއި، ހުވަފެންތަކުގައި ކުލަޖެއްސުމަށް ފައިސާއާ މެދު ހާސްވާން ނުޖެހޭ ކަމަށެވެ.

Advertisement

ޒުވާނުންނަށް މިސަރުކާރުން ފަހިކޮށްދިން އެންމެ ބޮޑު ފުރުސަތަކީ ހިލޭ ޑިގްރީގެ ފުރުސަތުކަން ފާހަގަކުރައްވައި އިއާދު ވިދާޅުވީ މީގެ ކުރިން ޑިގްރީ ހާސިލްކުރެވެނީ ތަނަވަސްކަން ލިބިފައިވާ މީހުންނަށް ކަމަށެވެ. އިއާދު ވިދާޅުވީ ބައެއް މީހުންނަކީ ޑިގްރީ ފެށުމަށްފަހު ވަކި ހިސާބަކުން ކޯސް ދޫކޮށްލާ މީހުން ކަމަށެވެ. ނަމަވެސް ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 18،000ވުރެ ގިނަ ޒުވާނުން ކިޔަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ރިޔާސީ ކެންޑިޑޭޓެއް ހުށަހެޅުއްވި އެންމެ އިންގިލާބީ އެންމެ އީޖާދީ ޒުވާނުންގެ މެނިފެސްޓޯ ފެނިގެން މިދިޔައީ. ޒުވާނުންނަށް އެންމެ ބޮޑު އުންމީދެއް ގެނެސްދިނީ މިސަރުކާރުން. ޒުވާނުންނަށް އެންމެ ގިނަގުނަ ފުރުސަތުތައް ފަހިކޮށްދިނީ މިސަރުކާރުން. އާދެ ޒުވާނުންނަށް މިސަރުކާރުން ފަހިކޮށްދިން އެންމެ ބޮޑު ފުރުސަތަކީ ހިލޭ ޑިގްރީގެ ފުރުސަތު. މީގެކުރީގައި ޑިގްރީ ހާސިލްކުރުމަކީ ހަމައެކަނި ތަނަވަސްކަން ލިބިފައިވާ މީހުން އޮތް ފުރުސަތެއް. ކިތައް ޒުވާނުންތޯ މީގެކުރިން ކިޔަވަން ބޭނުންވެ ފުރުސަތު ގެއްލުނީ. ކިތައް ޒުވާނުންތޯ ކިޔަވަން ފަށާފައި ކިޔެވުން ހުއްޓާލަންޖެހުނީ ފައިސާގެ ދަތިކަމުގެ ސަބަބުން. މިއަދު ޒުވާނުން ވިސްކަށް ނުޖެހޭ ފައިސާއާ މެދު ޑިގްރީ ހާސިލްކުރާކަށް. ޒުވާނުންގެ އުންމީދުގައި ޒުވާނުންގެ ހުވަފެންތަކުގައި ކުލަޖެއްސުމަށްޓަކައި ފައިސާއާ މެދު ހާސްވާކަށް ނުޖެހޭ. ރައީސް އިބޫ އެގެންދަވަނީ އެކާމިޔާބު ސިޔާސަތު ތަންފީޒު ކުރައްވަމުން، މިހާތަނަށް 18،000ވުރެ ގިނަ ޒުވާނުން ހިލޭ ޑިގްރީގެ ފުރުސަތު ކިޔަވަމުންދޭ.
އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިއާދު ހަމީދު

އިއާދު ވިދާޅުވީ ޒުވާނުންނަށް އުންމީދު ގެނެސްދިނުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަށް އުފާވެރިކަން މިސަރުކާރުން ގެނެސްދީފައިވާ ކަމަށެވެ. އެގޮތުން މިނިވަންވޭޖުގެ ސިޔާސަތު އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިއާދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ސަރވިސް ޗާޖު ގާނޫނީ ގޮތުން ޔަގީންކޮށްދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުން ހާހުންހާހުން ޑޮލަރު ގެއަށް ވައްދަމުން ގެންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް