ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 16:30
އެމްބާޕޭ
އެމްބާޕޭ
ޓްވީޓަރ
އެމްބާޕޭ
ލީގުގެ ފުރަތަމަ މެޗުން މޮޅު ނުވެވުމުން، އެމްބާޕޭ އަލުން ޓީމުގައި ހިމަނައިފި
 
ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި އެމްބާޕޭގެ އިތުރުން ނޭމާ އާއި ވެރާޓީ ނުހިމަނާ

ހޮނިހިރު ދުވަހު ޕީއެސްޖީ ކުޅުނު މި ސީޒަނުގެ ފުރަތަމަ މެޗުން މޮޅު ނުވެވުމުން، އެމްބާޕޭ އަލުން ޓީމުގައި ހިމަނައިފިއެވެ.

ލޮރިއެންޓާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭގެ އިތުރުން ނޭމާ އާއި ވެރާޓީ ހިމަނާފައެއް ނުވެއެވެ. އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި، 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ. އެއަށްފަހު، އާދިއްތަ ދުވަހުގެ ފަރިތަކުރުމުގައި އަލުން އެމްބާޕޭ ހިމަނާފައިވާކަން ޕީއެސްޖީ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ރެއާލް މެޑްރިޑާ ގުޅެން ބޭނުންވާތީ ކޮންޓްރެކްޓް އައުނުކުރަން އެމްބާޕޭ ހުރިނަމަވެސް، އަލުން ޓީމާ ގުޅުމުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. ޕީއެސްޖީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްބާޕޭ އާއެކު "ވަރަށް ބިނާކުރަނިވި އަދި ޕޮޒިޓިވް" މަޝްވަރާތަކެއް ކުރިޔަށް ގެންދެވުނު ކަމަށެވެ.

ހޮނިހިރު ދުވަހުގެ މެޗު އެމްބާޕޭ ބަލާފައިވަނީ ސްޓޭންޑުގައި އިނދެގެން ޑެމްބެލޭ އާއެކުއެވެ. ޑެމްބެލޭ ވަނީ ދާދި ފަހުން 43.5 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އާ ގުޅިފައެވެ.

އެމްބާޕޭގެ އެއްބަސްވުމުގައި ބާކީ އެންމެ އަހަރެއް އޮތްއިރު، މިދިޔަ މަހު ސައުދީގެ އަލް ހިލާލުން ވަނީ ދުނިޔޭގެ ރެކޯޑް އަދަދެއް ކަމަށްވާ 259 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ހުށަހަޅާފައެވެ. މީގެއިތުރުން، ނޭމާ އާއި ވެރާޓީ ހޯދުމަށްވެސް ސައުދީގެ ކުލަބުތަކުން ވަނީ މަސައްކަތް ފަށާފައެވެ.

އެމްބާޕޭ ޕީއެސްޖީ އާ ގުޅުނީ 2017 ވަނަ އަހަރުއެވެ. އެޔަށްފަހު އޭނާ ވަނީ 212 ލަނޑު ޖަހައި، ކުލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް