ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 13:02
ރައީސް ނ. މިލަދޫގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ނ. މިލަދޫގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
ރައީސްގެ ނ އަތޮޅު ދަތުރުފުޅު
ނ. މިލަދޫއަށް ރައީސްގެ ގިނަ ވައުދުފުޅުތަކެއް
 
އިންވެންސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ލޯނު ދެއްވާނެ ކަމަށް ވިދާޅުވި

ކުރިއަތް އޮތް ދައުރުގައި މިލަދޫގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި، ފްލެޓް ނޫނީ ރޯހައުސް އަޅުއްވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނ. މިލަދޫގައި ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ވެސް އަޅުއްވައިދެއްވާނެ ކަމަށެވެ.

ނ. މިލަދޫއަށް މި ދައުރުގައި ފަސް ފަހަރަށް ވަޑައިގެންފި ކަން ފާހަގަކުރައްވީ ވާދަވެރިން ދައްކާ ވާހަކައަކީ މަޝްރޫއުތައް ހިންގާނީ ބޮޑެތި އާބާދީތަކަށް އެކަނި ކަމަށެވެ. އަދި ނ. މިލަދޫ އަކީ ކުޑަ އާބާދީ އޮތް ތަނެއް ނޫން ކަމަށާއި އެހެންކަމުން އެބޭފުޅުން ދައްކަވާ ވާހަކަ ހަމަނުޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފެނަކައިގެ ދަށުން އިންޖީނުގެތައް ހިންގާ ކަމަށާއި ފެނާއި ނަރުދަމާ ފޯރުކޮށްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ކޮންމެ ރަށެއް ގެސްޓް ހައުސް އެޅުމަށް ފައްކާވެފައިވާ ކަމަށެވެ. އަދި މިއީ ރަނގަޅު މުސްތަޤްބަލުގެ ފެށުން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އިވެންސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ލޯނު ދޭނެ ކަމަށެވެ.

އަދި މިހާތަނަށް ވަޑައިގަތް ނ. އަތޮޅުގެ ރަށްތަކުން އެމަނިކުފާނަށް ތަރުހީބު ބޮޑުކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތެއްގެ ވޯޓު ވެސް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި