ކ. މާލެ
|
11 އޯގަސްޓް 2023 | ހުކުރު 12:05
ޓީޓީ އެސޯސިއޭޝަންގެ ނައިބުރައީސް ޝިއުރީ
ޓީޓީ އެސޯސިއޭޝަންގެ ނައިބުރައީސް ޝިއުރީ
އިންޑިޔަން އޯޝަން އައިލެންޑް ގޭމްސް
ފިރިހެން ޓީޓީ ޓީމްގެ އަމާޒުވެސް މެޑައްޔަށް
ކުޅުންތެރިން ވަނީ ބޭރުގައި ތަމްރީނު ހޯދާފައި

މިމަހު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑެއްޔެއް ހޯދުމަށް ރައްޖޭގެ ފިރިހެން ޓޭބަލް ޓެނިސް (ޓީޓީ) ޓީމުންވެސް އަމާޒު ހިފައިފިއެވެ.

ދުރާލާ މުބާރާތަށް ތައްޔާރުވަމުން އަންނަ ޓީމްގައި ހިމެނޭ އެންމެ ތަޖުރިބާ ބޮޑު ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު ބުނީ ޓީމްގެ ތައްޔާރީތައް ވަރަށް ރަނގަޅު ކަމަށާއި, އެހެންކަމުން ކުރިއަށް އޮތް ގޭމްސްގައި މެޑައްޔަކާ ހިސާބަށް ދެވޭނެކަމަށް އުއްމީދުކުރާކަމަށެވެ. އަދި ޓާގެޓަކީވެސް އެއީކަމަށް އޭނާ ބުންޏެވެ. މުންސިފް ވަނީ ދެ މަސް ދުވަހު ކްރޮއޭޝިޔާގައި ތަމްރީނު ހޯދާފައެވެ.

ޤައުމީ ޗެމްޕިއަން މުހައްމަދު ޝައްފާން އިސްމާއީލްވެސް ބުނީ މުޅީ ޓީމް އެކުގައި ކާމިޔާބު ހޯދަން މަސައްކަތް ކުރާކަމަށެވެ. ޝައްފާންވެސް ވަނީ ކްރޮއޭޝިޔާގައި ތަމްރީނު ހޯދާފައެވެ.

އިރާދަކުރެއްވިއްޔާ ފިރިހެން ޓީމަށް މެޑަލްއެއް ލިބޭތޯ. އެއީ ޓާގެޓަކީ.
މުހައްމަދު ޝައްފާން އިސްމާއީލް

އެސޯސިއޭޝަންގެ ނައިބުރައީސް އިބްރާހީމް ޝިއުރީ ވިދާޅުވީ ފިރިހެން ޓީމަށްވެސް ކޮންމެސްކަހަލަ މެޑަލްއެއް ލިބޭނެކަމަށް އުއްމީދު ކުރާކަމަށެވެ. މީގެކުރީގެ އަހަރުތަކާ ހިލާފަށް އެމަގަށް މިފަހަރު މަސައްކަތް ކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ތަމްރީނުގެ ގިނަ ފުރުޞަތުތަކެއް ހޯދައިދެވުނުކަން ފާހަގަކުރިއެވެ. ފިރިހެން ޓީމްގެ ކުޅުންތެރިންވެސް ވަނީ ކްރޮއޭޝިޔާ ތަމްރީނުތަކުގައި ބައިވެރިވެފައެވެ. ޝިއުރީ ވިދާޅުވީ މިއީ ކުރިން ވަރަށް ނުލިބޭ ފުރުޞަތެއް ކަމަށާއި, އެކަމަކު މިފަހަރު ގޭމްސްއަށް ދަނީ ފިރިހެން ޓީމަށްވެސް ރަނގަޅު ފުރުޞަތުތަކެއް ހޯދައިދީގެން ރަނގަޅު ތަމްރީނުތަކަކާ އެކު ކަމަށެވެ.

ޤައުމީ ޓީޓީ ޓީމް ތައްޔާރުވަމުން ދަނީ ކްރޮއޭޝިޔާގެ ތަޖުރިބާ ބޮޑު ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ.

- ކޮމެންޓް