Advertisement
ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 16:39
އެމްއެންޔޫ ޖޮބް ފެސްޓިވަލުގެ ތެރެއިން
އެމްއެންޔޫ ޖޮބް ފެސްޓިވަލުގެ ތެރެއިން
އެމްއެންޔޫ
ގަވައިދާ ޚިލާފަށް ކޯސްތައް ހިންގުން
އެޕްރޫވްކޮށްދީފައިވާ ގޮތާ ޚިލާފަށް މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން ކޯސްތައް ހިންގާފައިވާކަން ފާހަގަކުރެވިފައިވޭ: އެމްކިއުއޭ
އުސޫލުތަކާއި ގަވާއިދުތައް ހަދައި، ތަންފީޒުކޮށް، މަސައްކަތްތައް ހަރުދަނާކުރުމަށް ދަނީ މަސައްކަތްކުރަމުން
ކޯހުގެ މޮޑިއުލްތަކާ ތަފާތު މޮޑިއުލްތަކެއް ދަރިވަރުންނަށް ކިޔަވައިދީފައިވޭ

މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން، އެޕްރޫވްކޮށްދީފައިވާ ނުވަތަ އެކްރެޑިޓްކޮށްދީފައިވާ ގޮތާ ޚިލާފަށް ކޯސްތައް ހިންގާފައިވާކަން ފާހަގަކުރެވިފައި ވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން (އެމްކިއުއޭ)އިން ބުނެފިއެވެ.

އެމްކިއުއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގައި ވާގޮތުގެ މަތީން، އެތޯރިޓީގެ މަސައްކަތްތަކާގުޅޭ އެކިއެކި އުސޫލުތަކާއި ގަވާއިދުތައް ހަދައި ތަންފީޒުކޮށް، މަސައްކަތްތައް ހަރުދަނާކުރަމުންދާ ކަމަށެވެ. އެގޮތުގެ މަތީން ޕްރޮގްރާމް އޮޑިޓް މަރުހަލާގައި މޮނިޓަރިންގ އިތުރަށް ހަރުދަނާކުރުމަށް ކަމާބެހޭ ގަވާއިދުތައް ހަދައި, ތަންފީޒުކުރަން ފަށާފައިވާކަމަށް ބުނެފައިވެއެވެ.

އެމްކިއުއޭއިން ބުނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ކޯސް ހިންގައި ނިމުމުން އެ އޮތޯރިޓީއަށް ހުށަހަޅާ ފައިނަލް ބެޗް އޮޑިޓްގެ ތެރެއިން، މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން އޮތޯރިޓީން އެޕްރޫވް ކޮށްދީފައިވާ ނުވަތަ އެކްރެޑިޓް ކޮށްދީފައިވާގޮތާ ޚިލާފަށް ކޯސްތައް ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement

އެގޮތުން އެޕްރޫވްކޮށްދީފައިވާ ނުވަތަ އެކްރެޑިޓް ކޮށްދީފައިވާ ކޯހުގެ މޮޑިއުލްތަކާ ތަފާތު މޮޑިއުލްތަކެއް ދަރިވަރުންނަށް ކިޔަވައިދީފައިވާ ހާލަތްތައްވެސް، ފައިނަލް ބެޗް އޮޑިޓްގެ މަރުހަލާގައި ފާހަގަކުރެވެމުންދާކަމަށް އެމްކިއުއޭއިން ބުނެއެވެ.

މި ކަންކަން ރަނގަޅުކުރުމަށް އެމްކިއުއޭއިން އެކި މަރުކަޒުތަކަށް އަންގަމުން ދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް