ކ. މާލެ
|
29 ޖެނުއަރީ 2024 | ހޯމަ 21:54
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ
އެމްއެންޔޫ
ފޭކް ސެޓްފިކެޓް
ފޭކް ތައްގަނޑު ބޭނުންކޮށްގެން މަތީ ތައުލީމުގެ ސެޓްފިކެޓްތަކެއް ގެންގުޅޭތީ ސަމާލުވާން އެދިއްޖެ
އެމްކިޔުއޭ އިން ބުނީ އެ މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅެމުގެ މަސައްކަތް ކުރަމުންދާ ކަމަށް
އެ އޮތޯރިޓީގެ ފޭކު ރިކޮގްނިޝަން ތައްގަނޑާއި މުވައްޒަފެއްގެ ސޮއި ކޮށްފައިވާ ސެޓްފިކެޓްތަކެއް ބޭނުންކުރަމުންދާކަން ސަމާލުކަމަށް އައިސްފައިވޭ

ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކިޔަވާފައިވާ ކަމަށް ހަދައިގެން ފޭކް ސެޓްފިކެޓްތަކެއް ގެންގުޅޭތީ އެކަމަށް ވަޒީފާ ދޭ ފަރާތްތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެދިއްޖެއެވެ.

އެމްކިޔުއޭ އިން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރިއަށް ގެންދާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުންދޭ "ލޯކަލް" ސެޓްފިކެޓްތަކުގައި "ރިކޮގްނިޝަން" ތައްގަނޑު ޖެހުން ސެޕްޓެމްބަރު 1، 2016 ގައި ހުއްޓާލާފައެވެ.

ފޭކް ސެޓްފިކެޓްތަކެއް ގެންގުޅޭތީ އެކަމަށް ސަމާލުވުމަށް އެދި އެއޮތޯރިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އޮތޯރިޓީގެ ފޭކު ރިކޮގްނިޝަން ތައްގަނޑާއި މުވައްޒަފެއްގެ ސޮއި ކޮށްފައިވާ ސެޓްފިކެޓްތަކެއް ބޭނުންކުރަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ފޭކް ސެޓްފިކެޓް ބޭނުންކުރުމުގެ ސަބަބުން ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގަށް އުނިކަން އަންނަ ކަމަށާއި އެއީ އެ އޮތޯރިޓީން މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތާ މެދު ވެސް އާންމުންގެ މެދުގައި ސުވާލު އުފެދެން މެދުވެރިވާ ކަމެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެކަން ކުށްވެރިކޮށް އެމްކިޔުއޭ އިން ބުނީ އެ މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅެމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

- ކޮމެންޓް