Advertisement
ކ. މާލެ
|
27 މެއި 2024 | ހޯމަ 14:28
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ ރާއްޖެއެމްވީ
އެހެން މީހުން ލައްވާ އެސައިންމަންޓް ހައްދާ މައްސަލ
ފައިސާދީގެން އެސައިންމަންޓް ހަދާ މައްސަލަތައް ދަނީ ބަލަމުން، މިފަދަ ތިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވޭ: އެމްކިއުއޭގެ ސީއީއޯ
މިފަދަ މައްސަލަތައް ބެލުމަށް އިތުރަށް ޕޮލިސީތައް ދަނީ ގާއިމްކުރަމުން
މަސައްކަތް ކުރަނީ އެހެން މީހުން ލައްވައި، އެސައިންމަންޓް ހަދާ މައްސަލަ ހުއްޓުވުމަށް
ފިޔަވަޅު އެޅޭނެ އުސޫލެއް އޮވޭ، ނަމަވެސް ފިޔަވަޅު ނާޅާ މައްސަލަ ބޮޑު

ފައިސާދީގެން އެސައިންމަންޓް ހައްދާ މައްސަލަތައް ބަލަމުންދާ ކަމަށާއި، މިހާރު ވެސް މިފަދަ ތިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްކިއުއޭގެ ސީއީއޯ ފިޒާނާ ވިދާޅުވީ އެހެން މީހުން ލައްވާ އެސައިންމަންޓް ހަދާ މައްސަލަތައް ފާހަގަވާ ކަމަށާއި، އެމައްސަލަތައް ބަލަމުންދާ ކަމަށެވެ. އެގޮތުން މިހާރު ވެސް ތިން މައްސަލަ ފުލުހުންނަށް ހުށަހަޅައި، އެމައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފިޒާނާ ވިދާޅުވިއެވެ.

Advertisement

މިމައްސަލައަށް އަލިއަޅުއްވާލައްވައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މިފަދަ މައްސަލަތައް ބެލުމަށް އިތުރަށް ޕޮލިސީތައް ގާއިމްކުރަމުންދާ ކަމަށެވެ. އަދި މަސައްކަތް ކުރަނީ އެހެން މީހުން ލައްވައި، އެސައިންމަންޓް ހަދާ މައްސަލަ ހުއްޓުވުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިވަގުތު މިދަނީ ޕޮލިސީތައް ގާއިމްކުރަމުން. އަޅުގަނޑުމެން ހަމަ ނަސޭހަތްތެރިވަނީ ހުރިހާ އިންސްޓިއުޓްތަކަށް ޔުނިވަރިސިޓީތައް މިކަމުގައި ވަރަށް އިސްކަން ދެއްވައިގެން ހަމަ އެބޭފުޅުންގެ އަމިއްލަ ޕޮލިސީތައް ވެސް ހަމަ ރިވައިސްކޮށް ވަރަށް ރަނގަޅަށް ހަރުކަށި ގޮތަކަށް މިބޭފުޅުން ތި ވިދާޅުވިހެން އެސައިންމަންޓް ޕްރޮޑަކްޝަން ހުއްޓާލުން. އަޅުގަނޑުމެން ހަމަ ވެސް މިދަނީ މަސައްކަތް ކުރަމުން.
އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު

އެހެން މީހަކު ލައްވާ އެސައިންމަންޓް ހަދާ ކަމަށްވާނަމަ ފިޔަވަޅު އެޅޭނެ އުސޫލެއް އޮވެއެވެ.

ނަމަވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެހެން މީހުން ލައްވައި އެސައިންމަންޓްތައް ދަނީ ހަދަމުންނެވެ. އަދި ސޯޝަލް މީޑީއާގައި ފައިސާއަށް އެސައިމަންޓްތައް ހަދައިދޭނެ ކަމަށް ބުނެ ޕޯސްޓުތައް ކުރެއެވެ. މިމައްސަލަ ބޮޑުވެފައިވާއިރު, މިމައްސަލައަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ފެންވަރު ދަށްވާ ކަމަށާއި، ވަޒީފާގެ މާހައުލުގައި ސެޓްފިކެޓާއި އެއް ފެންވަރުގެ ގާބިލްކަން ނުދެއްކާ ކަމަށް ވެސް އެމީހުން ބުނެއެވެ.

Advertisement

Advertisement
- ކޮމެންޓް