Advertisement
ކ. މާލެ
|
9 އޯގަސްޓް 2023 | ބުދަ 05:49
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، ގައްދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، ގައްދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ގައްދޫގެ ތަރައްގީ
ބިން ހިއްކާ ރޯހައުސްއަޅައިދީ، ގަމާއި ގައްދޫ ގުޅުވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
39 ހެކްޓަރުގެ ބިން ހިއްކާ 100 ރޯ ހައުސް އަޅައިދޭނެކަމަށް ވައުދުވެވަޑައިގެންނެވި
ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހަދައިދެއްވާނެކަމަށް ވައުދުވެވަަޑައިގެންނެވި

ބިން ހިއްކާ ރޯހައުސްއަޅައިދީ، ގަމާއި ގައްދޫ ގުޅުވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭންގައި ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސަތުތައް ކަނޑައަޅާއިރުގައި ކޮންމެ ރަށަކަށް ބޭނުންވާ ތަރައްގީގެ މަސައްކަތްތައް ގެންދަވަނީ އެކަށައަޅާ ނިންމަމުން ކަމަށެވެ. އެގޮތުން ގައްދޫއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ ދައުރުގައި ގައްދޫއަށް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި ކަންކަން؛

- ގައްދޫ މަގު ހެދުމުގެ ފޭސް 2 ހުރިހާ މަަގެއް ނިމެންދެން ކުރިއަށް ގެންދިއުން.

- ގައްދޫއިން 39 ހެކްޓަރު ބިންހިއްކުން.

Advertisement

- 100 ރޯ ހައުސް އަޅައިދިނުން.

- ޕޮލިޓެކްނިކްގެ އައު އިމާާރާތެއް އެޅުން.

- ގަމާއި ގައްދޫ ގުޅާލުން.

ރައީސް ވިދާޅުވީ އިރާދަކުރެއްވިއްޔާ މި ސިޔާސަތުތަކާއެކީ ނުކުމެ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރެވޭނެތަން ފެނިވަޑައިގަންނަވާ ކަމަށެވެ. މިހާތަނަށް ދަތުރުކުރެއްވި ހުރިހާ ރަށަކުންނާއި، ސިޓީތަކުން ފެންނަނީ އެ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް