Advertisement
ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 17:45
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރަތަފަންދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރަތަފަންދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރަތަފަންދޫގެ ތަރައްގީ
ރަތަފަންދޫއާއި ކެރެއްދޫ ގުޅާލަނީ
ރަށުގެ ވަށައިގެން ލިންކް ރޯޑުގައި ތާރުއަޅައި، ބޮޑު 2 މަގުގައި ތާރުއަަޅާނެ
ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ބަނދަރު ތަރައްގީކުރައްވާނެކަމަށް ވިދާޅުވި

ރަތަފަންދޫގެ ބިން ހިއްކިގެންދާއިރު ކެރެއްދޫއާ ގުޅާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި، ގދ. ރަތަފަންދޫއަަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށްޓަކައި މިއިން ޒަމާނަކު ނުކޮށްދޭ ކަންތައްތައް ކޮށްދީފައިވާކަމަށެވެ. އެގޮތުން 141 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާއިރު، 125 ރަށެއްގައި ބަނދަރު ހަދާފައިވާކަމަށާއި، އޮޑިދޯނިފަހަރަށް ހިމާޔަތްކަން ލިބި އަދި ލަފައިފުރުން ފަސޭހަވެފައިވާ ކަމަށާއި، 150 ރަށެއްގައި ކަރަންޓުގެ ހިދުމަތް ދިިނުމަށް އެކި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ރަތަފަންދޫގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ ކުރިންވެސް ތިބި ގޮތަށް، މި ދަތުރުގައި (ރިޔާސީ އިންތިހާބުގައި) ބައިވެރިވުމަށެވެ. އޭރުން ރަތަފަންދޫ ރައްޔިތުންނަށް ކުރިއެރުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ރަތަފަންދޫ ރައްޔިތުން އެދުނު ފަދައިން، ރަށުގެ ބިން ހިއްކައި ދެއްވާނެ ކަމަށާއި، ބިން ހިއްކިގެންދާއިރު ކެރެއްދޫއާ ގުޅާލައްވާނެ ކަމަށެވެ. މީގެ އިތުރުން ވަށައިގެން އޮންނަ ލިންކް ރޯޑާއި ބޮޑު ދެމަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަކަށް ހައްދަވާނެ ކަމަށާއި، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ޒަމާނީ ޔޫތު ސެންޓަރެއް ހައްދަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން، އައު ސިއްހީ މަރުކަޒެއް އަޅުއްވައިދެއްވާނެ ކަމަށާއި، ސްކޫލަށް ބޭނުންވެފައިވާ މަލްޓިޕަރޕަސް ހޯލް އަޅުއްވައިދެއްވައި، ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޒަމާނީ ޚިދުމަތްތައް ލިބޭނޭގޮތަށް ތަރައްގީކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި މަސައްކަތަކީ އުފާވެރި އަމާން ރާއްޖެއެއް ހޯދައި ދިނުމަށް ކުރަން ޖެހިފައިވާ ކަންކަން ކަމަށާއި، މި ކަންކަން ފުރިހަމަވުމުން، އާއިލާއެކު ރަށުގައި ދިރިއުޅެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ރައީސް ވަނީ ރަތަފަންދޫއަށް ވަޑައިގެން އެރަށުގައި އެމްޑީޕީ ބޮޑު ދިދަ ނަންގަވައިދެއްވާފައެވެ.

Advertisement

Advertisement
- ކޮމެންޓް