Advertisement
ކ. މާލެ
|
7 އޯގަސްޓް 2023 | ހޯމަ 19:02
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ބަނޑިދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ބަނޑިދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވަނީ
އެމްޑީޕީ
ބަނޑިދޫގެ މަޝްރޫއުތައް
ބަނޑިދޫގައި ހިންގާފައިވާ މަޝްރޫއުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި
ބަނޑިދޫގައި ސަރުކާރުން ތަރައްގީކޮށްފައިވާ އައުޓްޑޯ ޖިމާއި ވޮލީކޯޓު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުއްވައިދެއްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ދ. ބަނޑިދޫ ފެނަކަ އައު އޮފީސް އިމާރާތާއި އައުޓްޑޯ ޖިމާއި ވޮލީކޯޓް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ތަންތަން ހުޅުއްވައިދެއްވީ، އެމަނިކުފާނު މިހާރު ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި، ދ. ބަނޑިދޫ ފެނަކަ އައު އޮފީސް އިމާރާތަކީ 30 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތްކުރެވޭނެ ފަދައިން، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ، ޖާގަ ތަނަވަސް ޢިމާރާތެކެވެ. އަދި، މި އޮފީސް އިމާރާތް ބިނާކޮށްފައިވަނީ، ރަށުގެ ބަނދަރު ސަރަހައްދުގައެވެ. ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވުމުގެ އިތުރުން ދ. ބަނޑިދޫގައި ސަރުކާރުން ތަރައްގީކޮށްފައިވާ އައުޓްޑޯ ޖިމާއި، ވޮލީކޯޓުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުއްވައިދެއްވާފައެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި ފުޓުސަލް ދަނޑުތަކާއި އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.

Advertisement

Advertisement
- ކޮމެންޓް