ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 17:46
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު ހަވާލުކޮށްދެއްވަނީ
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު ހަވާލުކޮށްދެއްވަނީ
އިލެކްޝަންސް ކޮމިޝަން
އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމް ހުށަހެޅުއްވުން
އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅުއްވައިފި
އެ ޕާޓީގެ އިސް ބޭފުޅުން އީސީގެ އިންތިޚާބާ ބެހޭ މަރުކަޒަށް ވަޑައިގެންނެވި
އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.

އާދިއްތަ ދުވަހު އެ ފޯމް އީސީ ގެ ރައީސް ފުއާދު ތައުފީގާ ހަވާލުކުރެއްވީ، ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

މީގެ އިތުރުން އެ ޕާޓީގެ އިސް ބޭފުޅުން އީސީގެ އިންތިޚާބާ ބެހޭ މަރުކަޒަށް ވަޑައިގެންނެެވިއެވެ.

Advertisement

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވާއިރު، އާދިއްތަ ދުވަހު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، އެމްއެންޕީގެ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމު ވެސް އީސީއަށް ވަނީ ހުށަހަޅުއްވާފައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 283،272 މީހުންނަށް ލިބެއެވެ. އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ރީ-ރަޖިސްޓްރީކުރުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ރޭ 10:00ށް ވަނީ ހަމަވެފައެވެ. އަދި ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފުރުސަތު އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00ށް ހަމަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް