Advertisement
ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 09:52
ރިޔާސީ ކެމްޕޭންގެ ތެރެއިން
ރިޔާސީ ކެމްޕޭންގެ ތެރެއިން
އެމްޑީޕީ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން
މޫސުން ތަންނުދޭތީ ރައީސްގެ މިއަދުގެ ދަތުރުފުޅު ފަސްކުރައްވައިފި
ދ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި

މޫސުން ގޯސްވެ ތަންނުދޭތީ ރައީސް ދ. އަތޮޅަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވައިފިއެވެ.

އުފާވެރި އަމާން ރާއްޖެ ކެމްޕޭންގެ ތެރެއިން މިއަދު ރައީސް ދ. އަތޮޅުގެ 6 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މީދޫ އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވީނަމަވެސް، މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ދަތުރުފުޅުވަނީ ފަސްކުރައްވާފައެވެ.

ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި މީދޫ، ރިނބިދޫ، ބަނޑިދޫ، ހުޅުދެލި، މާއެނބޫދޫ، ކުޑަހުވަދޫ ހިމެނެއެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

އަދި ކުޑަހުވަދޫގައި އުފާވެރި އަމާން ރާއްޖެ ކެމްޕޭންގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ދަތުރުފުޅު ފަސްކުރެއްވި ނަމަވެސް މޫސުން ރަނގަޅުނަމަ ދަތުރު އަލުން ފެށުމަށްދަނީ މަސައްކަތް ކުރަމުންނެވެ.

ދ. އަތޮޅަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ ހުވަދު އަތޮޅަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް