ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 14:47
ފުލުހުންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބޭފުޅުން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން
ފުލުހުންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބޭފުޅުން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން
ޕޮލިސް
އެންއައިސީގެ ކޮމްޕްލެއިންސް ކޮމިޓީ
އެންއައިސީގެ ކޮމްޕްލެއިންސް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ އިބްތިދާއީ ތަހުގީގު 14 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ
މައްސަލަތަކުގެ އިބްތިދާއީ ތަހުގީގުގައި ބަލަންޖެހޭނެ ކަންކަން މި ގަވާއިދުގައި ބަޔާންކޮށްފައިވޭ
އިބްތިދާއީ ތަހުގީގު ނިންމުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމަށް އެދެވިދާނެ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ކޮމްޕްލެއިންސް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ އިބްތިދާއީ ތަހުގީގު 14 ދުވަސްތެރޭ ނިންމަންޖެހޭކަމަށް ބަޔާންކޮށް، އެ ކޮމިޝަނުގެ ކޮމްޕްލެއިންޓްސް ކޮމިޓީގެ ގަވާއިދު އާންމުކޮށްފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ އިބްތިދާއީ ތަހުގީގުގައި ބަލަންޖެހޭނެ ކަންކަން މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އޭގެތެރޭގައި މައްސަލަ ބެލުމުގެ އިޚްތިސާސް ކޮމިޝަނަށް ލިބިގެންވާކަން ނުވަތަ ނޫންކަން ބެލުމާއި، ހުށަހެޅިފައިވާ މައްސަލައަކީ ޝަރުއީ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްކަން ނުވަތަ ނޫންކަން ބެލުން ހިމެނެއެވެ.

އަދި މައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެތްކާއި ގަރީނާ ބެލުމުގެ އިތުރުން، މައްސަލައާ ގުޅިގެން މާއްދީ ހެކި ލިބެން ހުރިކަން ނުވަތަ ނޫންކަންވެސް ބަލަންޖެހެއެވެ.

ގަވާއިދުގައި ބުނެފައިވާގޮތުގައި، ކޮމިޝަނުގެ ކޮމްޕްލެއިންސް ކޮމިޓީއަށް ހުށަހެޅޭ މައްސަލައެއްގައި އިބްތިދާއީ ތަހުގީގެއް ހިންގުމަށް ނިންމައިފިނަމަ، އެ މައްސަލައެއްގެ ތަހުގީގު ހިންގުމަށް ސެކްރެޓޭރިއަޓާ ހަވާލުކުރާތާ ގިނަވެގެން، ރަސްމީ މަސައްކަތު ދުވަހުގެ 14 ދުވަހުގެ ތެރޭގައި އިބްތިދާއީ ތަހުގީގުން ގޮތެއް ނިންމަން ޖެހެއެވެ.

އަދި އެ މުއްދަތުގައި މައްސަލައާމެދު އިބްތިދާއީ ތަހުގީގުން ގޮތެއް ނުނިންމޭނަމަ، އިބްތިދާއީ ތަހުގީގުގެ މުއްދަތު އިތުރުކުރުމަށް ކޮމްޕްލެއިންސް ކޮމިޓީގައި އެދެން ޖެހެއެވެ.

އެގޮތުން މުއްދަތު އިތުރުކުރުމަށް ބަލާއިރު، އިބްތިދާއީ ތަހުގީގު ނިންމުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމަށް އެދޭ ހާލަތުގައ،ި އިބްތިދާއީ ތަހުގީގުގައި ކުރެވިފައިވާ މަސައްކަތާއ،ި ކުރަންހުރި މަސައްކަތަށް ރިއާޔަތްކޮށް ރަސްމީ މަސައްކަތު ދުވަހުގެ 14 ދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

ގަވާއިދުގައި އިތުރަށް ބުނެފައިވަނީ، ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރު މައުލޫމާތެއް ކަމަށެވެ.

އަދި އެފަދަ މައުލޫމާތެއް ގާނޫނާއި ގަވާއިދުގެ ދަށުން ހުއްދަކުރާ ގޮތުގެ މަތީން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް