ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 12:45
އޮލިމްޕަސް ހޯލު
އޮލިމްޕަސް ހޯލު
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
"ދިވެހި ފިލްމު އެވޯޑްސް 10"
"ފިލްމު އެވޯޑްސް" ބާއްވާ ތާރީޚު ފަސްކޮށްފި
ފިލްމު އެވޯޑްސް ބޭއްވޭނެ ތާރީޚެއް ފަހުން އިއުލާނު ކުރެވޭނެ
ފިލްމުތައް ޖަޖްކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ދަނީ ވަމުން

"ދިވެހި ފިލްމު އެވޯޑްސް 10" (2019 - 2022) ބާއްވާ ތާރީޚު ފަސްކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ބުނީ، އެ ސެންޓަރުން އިންތިޒާމުކޮށްގެން 05 އޯގަސްޓް 2023ގައި ބޭއްވުމަށް ހަމަޖެހިފައިވާ، ދިވެހި ފިލްމު އެވޯޑްސް ފަސްކުރެވިފައި ވާކަމަށެވެ.

އަދި ދިވެހި ފިލްމު އެވޯޑްސް ބޭއްވޭނެ ތާރީޚެއް ފަހުން އިއުލާނުކުރެވޭނެ ކަމަށްވެސް އެ ސެންޓަރުން ބުނެފައިވެއެވެ.

Advertisement

އޭގެ އިތުރުން، މިހާރު ފިލްމުތައް ޖަޖްކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެ ސެންޓަރުން ވަމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.

ގިނަ ފަރާތްތަކެއްގެ އެދުމުގެމަތިން ފިލްމު ބައިވެރިކުރުމުގެ މުއްދަތުވެސް އެ މަރުކަޒުން މީގެ ކުރިން އިތުރުކޮށްދީފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް