ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 12:15
ފިލްމީ ތަރި ފައުޒިއްޔާ ހަސަން
ފިލްމީ ތަރި ފައުޒިއްޔާ ހަސަން
ޔޫޓިޔުބް / ދަރިންނަށްޓަކައި
ފައުޒިއްޔާ ނިޔާވުން
ފިލްމީ ތަރި ފައުޒިއްޔާ ނިޔާވެއްޖެ
ފައުޒިއްޔާ ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަތާ 35 އަހަރަށްވުރެ ގިނަ އަހަރު ވަނީ ވެފައި
ފައުޒިއްޔާ ވަނީ ނުހައްގުން އިންޑިޔާ ޖަލެއްގައި ތިން އަހަރު ވަންދެން ބަންދުކޮށްފައި

މަޝްހޫރު ފިލްމީ ތަރި ފައުޒިއްޔާ ހަސަން (އުއްސަކުރު ފައުޒިއްޔާ) ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފައުޒިއްޔާ ނިޔާވެފައިވަނީ ސްރީލަންކާގައި މެޔަށް ކުއްލި ތަދެއް އަރައިގެން ފަރުވާދެމުންދަނިކޮށެވެ. އޭނާ ދިރިއުޅެމުންދިޔައީ ލަންކާގައެވެ.

ފައުޒިއްޔާ ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަތާ 35 އަހަރަށްވުރެ ގިނަ އަހަރު ވަނީ ވެފައެވެ. ފައުޒިއްޔާ ނިޔާވުމާއި ގުޅިގެން ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ މީހުންގެ އިތުރުން އާންމުންވެސް ގެންދަނީ އެކަމުގެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

Advertisement

ފައުޒިއްޔާ އާންމު ގޮތެއްގައި ފިލްމުތަކުން ފެނިގެންގޮސްފައިވަނީ މަންމަގެ ރޯލުންނެވެ. ގިނަ ފިލްމުތަކުންނާއި ޑްރާމާ ސީރީޒްތަކުން ވެސް ފައުޒިއްޔާ ފެނިގެންގޮސްފައިވެއެވެ.

އިންޑިޔާގެ އައިއެސްއާރު ސިއްރުތަކެއް ޕާކިސްތާނަށް ފޯރުކޮށްދޭން އުޅުނު ކަމަށް ތުހުމަތުގައި ފައުޒިއްޔާގެ އިތުރުން މަރިޔަމް ރަޝީދާ ހައްޔަރުކޮށް ކެރެލާ ޖަލެއްގައި ތިން އަހަރުވަންދެން ބަންދުކޮށްފައި ބެހެއްޓިއެވެ. 1994 ވަނަ އަހަރު ހިނގި މިހާދިސާ އެ ގައުމުގެ ތަހުގީގީ މައި އިދާރާ ކަމަށްވާ ސީބީއައި އިން ކުރި ތަހުގީގުން އެނގުނީ އެއީ ކެރަލާ ފުލުހުން އަމިއްލައަށް އުފައްދަން އުޅުނު މައްސަލައެއް ކަމަށެވެ.

ފައުޒިއްޔާ ނިޔާވިއިރު މިކަމުގެ ގެއްލުމުގެ ބަދަލު ހޯދުމަށް އެމައްސަލަ އިންޑިޔާ ސަރުކާރަށް ވަނީ ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް