ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 08:33
ރުއް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރުއް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފިޝަރީސް މިނިސްޓްރީ
ރުއް އިންދުމުގެ ޕްރޮގްރާމް
ރުއް އިންދުމުގެ ޕްރޮގްރާމް: މިހާތަނަށް 3955 ރުއް އިންދައިފި
މި ޕްރޮގްރާމް ފެށީ މިއަހަރުގެ މާޗް މަހު

ރުކުގެ އާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ހިންގާ، ރުއް އާލާކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 3955 ރުއް އިންދައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ބުނީ، ޕްރޮގްރާމުގެ ދަށުން ރުއްތައް އިންދާފައިވަނީ ޖުމުލަ 26 ރަށެއްގައި ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ރުއް އިންދަން އެދޭ ރަށްރަށަށް ވަނީ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިހާރު އިންދަން ބޭރުން ގެނެސްފައިވާ ރުއްތަކުގެ އިތުރަށްވެސް ރުއް ގެނައުމަށް ހަމަޖެހިފައި ވާކަމަށް މިނިސްޓްރީން ބުނެއެވެ.

ގިނަ ރަށްރަށުގެ ރުއްތަކަށް ޖެހެމުންދާ ބައްޔެއްގެ ސަބަބުން ރުއްތައް ދަނީ މަރުވަމުންނެވެ. މިކަމާގުޅިގެން މީގެ ކުރިން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ރުކުގައި އަޅާ މަޑި ޅަ ބޮންތި ކާކަމަށާއި، އެކަމުގެ ސަބަބުން ފަނަށް ގެއްލުންވެ، ރުއް މަރުވާން ދިމާވަނީ ކަމަށެވެ.

ގަސްގަހަށް ބަލި ޖައްސާ ޖަރާސީމުގެ 52 ބާވަތެއް ރާއްޖެއިން ފެނިފައިވާއިރު، ގަސްގަހަށް ބަލި ޖައްސާ ފަނިފަކުސާގެ 55 ބާވަތެއް ރާއްޖެއިން ފެނިފައިވެއެވެ.

ރާއްޖޭގައި ރުކުގެ އައު ޖީލެއް އާލާކުރުމަށް ސަރުކާރުން ޚާއްސަ ޕްރޮގްރާމެއް ފެށީ މިއަހަރުގެ މާޗް މަހުގެ 5 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް