ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 19:31
ރައީސް އިބްރާހީމް މުހައްމަދު ސާލިހު، އުތީމު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު ބައި ހުޅުއްވައިދެއްވަނީ
ރައީސް އިބްރާހީމް މުހައްމަދު ސާލިހު، އުތީމު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު ބައި ހުޅުއްވައިދެއްވަނީ
ރައީސް އޮފީސް
ރައީސްގެ ހއ ދަތުރުފުޅު
ރައީސް، އުތީމު ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި ބަޔާއި ސްކޫލުގައި އިމާރާތްކުރި 4 ކްލާސްރޫމް ހުޅުއްވައިދެއްވައިފި
ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި އިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓާއި، އިދާރީ ޔުނިޓާއި، ކައުންސެލިންގ ރޫމުގެ އިތުރުން ގަރާޖު ހިމެނޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ހއ. އުތީމު ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި ބަޔާއި އެރަށު ޣާޒީ ބަންޑާރައިން ސްކޫލުގައި އިމާރާތްކުރި 4 ކްލާސްރޫމް ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

އުތީމު ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި އިމާރާތުގައި؛ ޕަބްލިކް ހެލްތު ޔުނިޓާއި، އިދާރީ ޔުނިޓާއި، ކައުންސެލިންގ ރޫމުގެ އިތުރުން ގަރާޖު ހިމެނެއެވެ. މި އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޕަރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަށް 1.37 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ޣާޒީ ބަންޑާރައިން ސްކޫލުގައި އިމާރާތްކުރި 4 ކްލާސްރޫމުގެ މަސައްކަތް ކޮށްފައިވަނީ ބަދަހި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި މަސައްކަތް ހަވާލުކުރީ 10 ފެބްރުއަރީ 2022ގައި، 2.4 މިލިއަން ރުފިޔާއަށެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގައި ނިމިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި، އެތަންތަން ރަސްމީ ގޮތުން ހުޅުއްވައިދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާހު ކޮށްދެއްވަމުންނެވެ.

- ކޮމެންޓް