Advertisement
ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 12:26
ހއ. ފިއްލަދޫގެ ހެލްތު ސެންޓަރު އެކްސްޓެންޝަން އިމާރާތް ރައީސް ހުޅުއްވައިދެއްވަނީ
ހއ. ފިއްލަދޫގެ ހެލްތު ސެންޓަރު އެކްސްޓެންޝަން އިމާރާތް ރައީސް ހުޅުއްވައިދެއްވަނީ
އެމްޑީޕީ
ހއ. ފިއްލަދޫގެ މަޝްރޫއުތައް
ފިއްލަދޫގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކުރައްވާ، ހެލްތު ސެންޓަރު އެކްސްޓެންޝަން އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
ހެލްތު ސެންޓަރު އެކްސްޓެންޝަން ޢިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓެއް ވެސް ހުރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފިއްލަދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވާ ހެލްތް ސެންޓަރު އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

ފިއްލަދޫގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކުރައްވާ، ހެލްތް ސެންޓަރު އެކްސްޓެންޝަން އިމާރާތް ރައީސް ހުޅުއްވައިދެއްވީ ބުދަ ދުވަހު އެ ރަށަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ.

Advertisement

ހެލްތު ސެންޓަރު އެކްސްޓެންޝަން ޢިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ އޮފީސް، ގަރާޖު އަދި ލޯންޑްރީ ހިމެނެއެވެ. ރަށު ޞިއްޙީ މަރުކަޒަށް އިތުރުކުރި ޢިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ހއ. ފިއްލަދޫގެ ފެނާއި ނަރުދަމާ ނިޒާމު ރައީސް އިފްތިތާހު ކުރައްވަނީ

ފިއްލަދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ސާސް.އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. ހއ. ފިއްލަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔައީ 27.4 މިލިއަން ރުފިޔާއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް