Advertisement
ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 13:18
ފޭދޫގައި އެމްޑީޕީން ބޭއްވި ބައްދަލުވުން
ފޭދޫގައި އެމްޑީޕީން ބޭއްވި ބައްދަލުވުން
ރައީސް އޮފީސް
ރައީސް ށ. އަތޮޅު ދަތުރުފުޅު
ވާދަވެރިންނަށް ރައީސް: މެނިފެސްޓޯ ހެދިޔަކަސް ނުވާނެ، ރަށްރަށަށް ގޮސް ރައްޔިތުންގެ ޙާލު ބައްލަވާ
ފޭދޫއިންވެސް މި އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް މި ކޯލިޝަނަށް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވި
ފޭދޫގައި ގިނައިން ކުރަންޖެހިފައި ހުރީ އަސާސީ ޚިދުމަތްތަކާ ގުޅުންހުރި މަސައްކަތް
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު، ދައުލަތުން ކަރަންޓަށް ކުރާ ޚަރަދު ދެބައިކުޅަ އެއްބައި ކުޑަކުރުން

ރަށްރަށަށް ގޮސް ރައްޔިތުންގެ ޙާލު ބެލުން މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

Advertisement

ފޭދޫގައި އެމްޑީޕީން ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފޭދޫގައި ގިނައިން ކުރައްވަން ޖެހިވަޑައިގެންފައި ހުރީ އަސާސީ ޚިދުމަތްތަކާ ގުޅުންހުރި، އަދި ތަފާތު ކުރުމެއްނެތި ރަށްތަކަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކާ ގުޅުންހުރި މަޝްރޫއުތައް ކަމަށެވެ.

އަޅުގަނޑުމެންނަށް ޖެހުނީ މި ހުރިހާ ކަމެއް ފަށައިގަންނަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

މިކަންކަމާމެދު މީގެ ކުރީގެ ވެރިކަންތަކުގައި ވިސްނާފައި ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިންޖީނުގެތައްވެސް އަޅަމުންދަނީ ދުރަށް ވިސްނަވައިގެންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ދެން އަންނަ ސަރުކާރުތަކުން އެކަންކަމާ ވިސްނާކަށް ނުޖެހޭނެ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު، ދައުލަތުން ކަރަންޓަށް ކުރާ ޚަރަދު ދެބައިކުޅަ އެއްބައި ކުޑަކުރުން ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ފޮރިން ރިޒާވް އިތުރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައި އެރަށު މަގުތައް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން، އޭޓީއެމްގެ ޚިދުމަތް ދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި، 500ށް ވުރެ އާބާދީ ގިނަ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އެރަށުގައި ޒަމާނީ ފެންވަރުގެ ހޭންޑްބޯލް އަދި ވޮލީބޯލް ކޯޓެއް އެޅުމާއި، ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަަސައްކަތްވެސް ސަރުކާރުން ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.  

ރައީސް އިތުރަށް ވިދާޅުވީ، ހަމައެކަނި މެނިފެސްޓޯއެއް އޮތުމުން ނުވާނެ ކަމަށާއި، ރަށްރަށަށް ގޮސް ރައްޔިތުންގެ ޙާލުވެސް ބަލަންޖެހޭ ކަމަށެވެ.

އޭގެ އިތުރުން، ފޭދޫއިންވެސް މި އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް މި ކޯލިޝަނަށް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް