ކ. މާލެ
|
26 ޖުލައި 2023 | ބުދަ 20:35
އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭ އަސްކަރީ އެހީގެ ތެރެއިން، ޔޫކްރެއިނަށް ގެންދެވިފައިވާ ތަކެތި
އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭ އަސްކަރީ އެހީގެ ތެރެއިން، ޔޫކްރެއިނަށް ގެންދެވިފައިވާ ތަކެތި
ރޮއިޓާސް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
އެމެރިކާއިން ޔޫކްރެއިނަށް ބްލެކް ހޯނެޓް ސްޕައި ޑްރޯން ފޯރުކޮށްދެނީ
 
އެމެރިކާއިން ވަނީ އެގައުމުން ޔޫކްރެއިނަށް އިތުރު 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭން ނިންމާފައިވާކަން އަންގާރަ ދުވަހު އިއުލާނުކޮށްފައި
 
މިއީ އެމެރިކާއިން ޔޫކްރެއިނަށް މީގެ ޑްރޯން ފޯރުކޮށްދޭން ނިންމި ފުރަތަމަ ފަހަރު
 
ނޯވޭއިން އުފައްދާފައިވާ ހޯނެޓް ޑްރޯންތައް އިނގިރޭސިވިލާތާއި ނޯވޭއިން ވަނީ މިހަނގުރާމާގައި ބޭނުންކުރަން ފޯރުކޮށްދީފައި

ރަޝިއާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމާގައި އެގައުމަށް އެހީ ފޯރުކޮށްދޭން އެމެރިކާއިން އެންމެ ފަހުން އިއުލާނުކުރި ޕެކޭޖުގައި، ބްލެކް ހޯނެޓް ސްޕައި ޑްރޯން ހިމެނޭކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފިއެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސްއިން ވަނީ އެގައުމުން ޔޫކްރެއިނަށް އިތުރު 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭން ނިންމާފައިވާކަމަށް އަންގާރަ ދުވަހު އިއުލާނުކޮށްފައެވެ. މި އެހީގެ ޕެކޭޖުުގައި ޑިފެންސް މިސައިލާއި، ހަތިޔާރުއެޅި އުޅަނދާއި ކުދި ޑްރޯން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

މިފަހަރުގެ އެހީގެ ޕެކޭޖުގައި ބްލެކް ހޯނެޓް ސްޕައި ޑްރޯން ހިމެނޭނެ ކަމަށް ރިޕޯޓުކޮށްފައިވާއިރު، މިއީ އެމެރިކާއިން ޔޫކްރެއިނަށް މީގެ ޑްރޯން ފޯރުކޮށްދޭން ނިންމި ފުރަތަމަ ފަހަރެވެ. ނޯވޭއިން އުފައްދާފައިވާ ހޯނެޓް ޑްރޯންތައް، އިނގިރޭސިވިލާތާއި ނޯވޭއިން ވަނީ މިހަނގުރާމާގައި ބޭނުންކުރަން ފޯރުކޮށްދީފައެވެ.

އައު ހަތިޔާރުގެ އިތުރުން، މިޕެކޭޖުގައި ޕެޓްރިއޮޓް އެއަރ ޑިފެންސް ސިސްޓަމްތަކާއި ނެޝަނަލް އެޑްވާންސްޑް ސަރފޭސް ޓު ސަރފޭސް އެއަރ މިސައިލް ސިސްޓަމްތަކާއި ސްޓިންގަރ އެންޓި އެއަރ ކްރާފްޓް ސިސްޓަމްގެ އިތުރުން ހައި މޮބިލިޓީ އަރޓިލަރީ ރޮކެޓް ސިސްޓަމްތަކާއި އިތުރު މިސައިލް އަދި ރޮކެޓް ސިސްޓަމްތަކަށް ބޭނުންވާ ވަޒަންވެސް ވަނީ ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
43%
0%
43%
14%
0%
ކޮމެންޓް