ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 07:42
ގަލަޓަސަރާއިގެ ސަޕޯޓަރުންނާ ވިލްފްރިޑް ޒަހާ ބައްދަލު ކުރަނީ
ގަލަޓަސަރާއިގެ ސަޕޯޓަރުންނާ ވިލްފްރިޑް ޒަހާ ބައްދަލު ކުރަނީ
ޓްވީޓަރ
ގަލަޓަސަރާއި
ވިލްފްރިޑް ޒަހާ ގަލަޓަސަރާއި އަށް ސޮއިކޮށްފި
އެކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ކްރިސްޓަލް ޕެލެސް އަށް ކުޅެމުން އައި އައިވަރީ ކޯސްޓުގެ ވިލްފްރިޑް ޒަހާ ގަލަޓަސަރާއި އަށް ސޮއިކޮށްފި އެވެ.

ޕެލެސް ދޫކޮށް އޭނާ ގަލަޓަސަރާއި އަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ ކުލަބަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން އޭނާ ބުނީ، ގަލަޓަސަރާއި އަކީ ކިހާ ފެންވަރެއްގެ ކުލަބެއްކަން އޭނާ އަށް ފެނިފައިވާ ކަމަށެވެ. އޭނާ ބުނީ އެ ކުލަބަށް ސޮއިކުރުމުގެ ކުރިން ވަރަށް ގިނަ ރަޙުމަތްތެރިންނާ ވެސް ވާހަކަ ދެއްކި ކަމަށެވެ. އަދި އޭނާ އެކުލަބަށް ބަދަލުވުމެގެ ކުރިން އައިވަރީ ކޯސްޓުގެ ކުރީގެ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާއާ ވާހަކަ ދެއްކި ކަމަށް ވެސް އޭނާ ބުންޏެވެ.

ޕެލެސް އިން 2010 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ޒަހާ އެންމެ ފުރަތަމަ އެކުލަބުގައި ހޭދަ ކުރީ ތިން އަހަރެވެ. އެއަށްފަހު 2013 ވަނަ އަހަރު އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. ޔުނައިޓެޑަށް ކުޅުނު އިރު އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޕެލެސް އާއި ކާޑިފް ސިޓީ އަށް ވެސް ކުޅެފަ އެވެ. އެއަށްފަހު ދާއިމީ އެއްބަސްވުމެއްގެ ދަށުން 2015 ވަނަ އަހަރު އަނެއްކާ ވެސް ވަނީ ޕެލެސް އަށް ބަދަލުވެފަ އެވެ. ޕެލެސް އަށް އޭނާ ވަނީ ޖުމުލަ 601 މެޗު ކުޅެދީ، 108 ލަނޑު ޖަަހައިފަ އެވެ. އައިވަރީ ކޯސްޓުގެ ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 31 މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ.

- ކޮމެންޓް