ކ. މާލެ
|
24 ޖުލައި 2023 | ހޯމަ 12:59
ތުޅާދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅަނީ
ތުޅާދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅަނީ
އެމްޓީސީސީ
ތުޅާދޫ ހޮސްޕިޓަލް
ތުޅާދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
 
އެމްޓީސީސީއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 114.50 މިލިއަން ރުފިޔާއަށް
 
މިއީ 30 އެނދުގެ ހޮސްޕިޓަލެއް

ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން ތުޅާދޫގައި އިމާރާތްކުރާ އައު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ތުޅާދޫގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްުޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

މި ހޮސްޕިޓަލަކީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި އެމްޓީސީސީއާއި ހަވާލުކުރި މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން އެކަމަޑޭޝަން ބްލޮކަކާއި، ސަރވިސް ބްލޮކެއް ހިމެނޭގޮތަށް ދެ ފަންގިފިލާގެ އިމާރާތެއް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 114.50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިއީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

ތުޅާދޫގައި މިވަގުތު ސިއްހީ ހިދުމަތް ދެމުން އަންނަނީ ސިއްހީ މަރުކަޒުގައެވެ. 2 ޑޮކްޓަރުންނާއެކު ހިދުމަތް ދެމުން އަންނަ އެ ތަނަކީ 24 ގަޑިއިރު ހިދުމަތް ދެމުން އަންނަ ތަނެކެވެ. ލެބޯޓަރީގައި ކުދި ޓެސްޓް ހެދުނު ނަމަވެސް ބޮޑެތި ކަންކަމުގައި ރަށުން ބޭރަށް ފުރައިގެންދާންޖެހެއެވެ. އެކްސްރޭ އަދި ސްކޭންގެ ހިދުމަތެއް ނުލިބެއެވެ.

އެހެންކަމުން އައު ހޮސްޕިޓަލަކީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތެއް އެޅުމަށް ނިންމާާފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ނިންމެވުމާއެކު ތުޅާދޫގައި އިމާރާތްކުރެވިގެންދާ އައު ހޮސްޕިޓަލެކެވެ.

ތުޅާދޫގައި 3000 އެއްހާ މީހުން ދިރިއުޅެމުންދެއެވެ.

ތުޅާދޫގެ އިތުރުން އަދި އިތުރު 12 ރަށެއްގައި ވެސް 30 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް