ކ. މާލެ
|
24 ޖުލައި 2023 | ހޯމަ 07:19
އެމްއާރްއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އެމްއާރްއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ފާރިސް އިންތިޚާބުގައި ވާދަކުރައްވަނީ، ރަސްމީކޮށް ގޮތެއް ނިންމާނީ އެކްސްކޯ އިން - އެމްއާރްއެމް
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ބާއްވާ އީސީގެ ބައްދަލުވުންތަކުގައި އެމްއާރުއެމްއަށް ފުރުސަތު ނުދޭތީ އެމްއާރްއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
އީސީއިން ވަނީ އެމްއާރުއެމް އުވާލުމަށް ވެސް ނިންމާފައި، ނަމަވެސް އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން އީސީގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައި
އެމްއާރުއެމަށް ވަނީ 3،000 މެންބަރުން ހަމަނުވުމުގެ މައްސަލައާ ކުރިމަތިވެފައި

2023ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން އެމްއާރުއެމްގެ ރައީސް އަޙްމަދު ފާރިސް މަޢުމޫން ނިންމަވާފައިވާ ކަަމަށާއި އެކަމާމެދު ރަސްމީކޮށް ގޮތެއް ނިންމާނީ އެކްސްކޯ އިން ކަމަށް އެމްއާރްއެމުން ބުނެފިއެވެ.

އެމްއާރްއެމްގެ އޮފިޝަލަކު ވަނީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ކުށުގެ ރެކޯޑް ސާފުކުރަން ފާރިސް ފޯމް ހުށަހެޅުއްވިކަން ޔަޤީންކޮށްދެއްވާފައެވެ. އަދި އެކަމަށްޓަކައި ވާން ޖެހޭ އިދާރީ ތައްޔާރީތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަނީ އަންގާފައެވެ. ފާރިސް އަށް އެމްއާރްއެމް އިން ކުރިމަތިލުމަށް ހުރަހަކަށް ވެއްޖެނަމަ އިންތިޚާބަށް ކުރިމަތިލެއްވުމަށް ހަމަޖެހިފައި ވަނީ އަމިއްލަ ގޮތުން ކަމަށް ވެސް އެމްއާރްއެމްގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އެމްއާރުއެމަށް ވަނީ 3،000 މެންބަރުން ހަމަނުވުމުގެ މައްސަލައާ ކުރިމަތިވެފައެވެ. އެ އަދަދު ހަމަނުވާކަން ބަޔާންކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެމްއާރުއެމް އުވާލުމަށް ވެސް ނިންމާފައެވެ. ނަމަވެސް އެމްއާރްއެމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން އީސީގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ބާއްވާ އީސީގެ ބައްދަލުވުންތަކުގައި އެމްއާރުއެމްއަށް ފުރުސަތު ނުދޭތީ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް