Advertisement
ކ. މާލެ
|
23 ޖުލައި 2023 | އާދީއްތަ 16:23
ސްމޯލް ބޯޓު އިންޖީން މެއިންޓަނަންސް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ސްމޯލް ބޯޓު އިންޖީން މެއިންޓަނަންސް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ސްމޯލް ބޯޓު އިންޖީން މެއިންޓަނަންސް ކޯސް
ސްމޯލް ބޯޓު އިންޖީން މެއިންޓަނަންސް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ކޯހުން ލިބިގެންދިޔަ އިލްމާއި ހުނަރުގެ ބޭނުން މުސްތަގުބަލުގައި ކުރެވިގެންދާނެކަމަށް އަދުނާން ވިދާޅުވި
މި ކޯހުގައި، އުޅަނދު ގަވާއިދުން ޗެކުކުރުމުގައި ބަލަންޖެހޭ މުހިންމުކަންތައްތަކާއި އިންޖީނުތަކަށް އާންމުކޮށް ދިމާވާ މައްސަލަތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ވަނީ ދަސްކޮށްދީފަ
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެރިން ޕޮލިސްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން ކުރިއަށް ގެންދިޔަ ”ސްމޯލް ބޯޓު އިންޖީން މެއިންޓަނަންސް ޓްރެއިނިންގ ކޯސް 2” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެރިން ޕޮލިސްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސްއެވެ. މި ރަސްމިއްޔާތުގައި، ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން ޓީމް ލީޑަރ އޮފް ދި މޯލްޑިވްސް މިސްޓަރ ދިނޭޝް ސާގަރާ ލޮކް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Advertisement

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިބްރާހީމް އަދުނާން އަނީސް ދެއްކެވި ވާހަކަފުޅުގައި، ކަނޑުމަތިން އުޅަނދުގެ އިންޖީނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި އުކުޅުތައް ދަސްވުމަކީ ކަނޑުމަތީގައި މަސައްކަތްކުރާ ފުލުހުންނަށް ލިބިގެންދިޔަ ފުރިހަމަ ބޭނުންތެރި ތަޖުރިބާއަކަށް ވެގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަދްނާން ވަނީ މިފަދަ ކޯހެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކޯހުން ލިބިގެންދިޔަ އިލްމާއި ހުނަރުގެ ބޭނުން މުސްތަގުބަލުގައި ކުރެވިގެންދާނެކަމަށް އަދުނާން ވިދާޅުވިއެވެ.

ޖުލައި 16 އިން 20 އަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ނުވަ މުވައްޒަފުންނާއެކު ކުރިއަށް ގެންދިޔަ މި ކޯހުގައި، އުޅަނދު ގަވާއިދުން ޗެކުކުރުމުގައި ބަލަންޖެހޭ މުހިންމުކަންތައްތަކާއި އިންޖީނުތަކަށް އާންމުކޮށް ދިމާވާ މައްސަލަތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ވަނީ ދަސްކޮށްދީފައެވެ. އޭގެ އިތުރުން، ކަނޑުމަތީގައި އިންޖީނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރެވޭނެ އުކުޅުތަކާއި އިތުރަށް މައްސަލަ ގޯސްވިޔަ ނުދީ ހިކިފަސްތަނަކާ ހަމައަށް އުޅަނދު ގެންދިއުމަށް ކުރަންޖެހޭ އަދި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް