ކ. މާލެ
|
21 ޖުލައި 2023 | ހުކުރު 07:17
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހޯރަފުއްޓަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހޯރަފުއްޓަށް ވަޑައިގަތުން
އެމްޑީޕީ
ރައީސް ހއ އަށް ކުރެއްވި ދަތުރުފުޅު
ރައީސް ހއ. އަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގެންފި
 
ރައީސް ވަނީ ހއ އަތޮޅުގެ 10 ރަށަކަށް ވަޑައިގެންފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހއ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގެންފިއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚަބަށް ކެމްޕެއިން ކުރެއްވުމަށް ރައީސް ހއ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ފެއްޓެވީ ބުދަ ދުވަހުއެވެ. މިދަތުރުފުޅުގައި ރައީސް ވަނީ ހއ އަތޮޅުގެ 10 ރަށަކަށް ވަޑައިގެންފައެވެ. މިރަށްރަށުގައި ނިމިފައި ހުރި މަޝްރޫޢުތައް ރައީސް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.

އެގޮތުން ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވާ އުލިގަމުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވައި އެރަށުގެ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ވަނީ ހުޅުއްވާދެއްވާފައެވެ.  މޮޅަދޫގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާ އިހަވަންދޫގެ ބަނދަރާއި، ފެނަކަ އޮފީހާއި، އިހަވަންދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ އިތުރުން އެރަށުގެ ކޮމިއުނިޓީ ސެންޓަރާއި އިހަވަންދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވިއެވެ. މާރަންދޫއަށް ވަޑައިގެން އެރަށުގެ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވާ ތަކަންދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓުވެސް ހުޅުއްވައި ދެއްވިއެވެ. އަދި ވަށަފަރު ޞިއްޙީ މަރުކަޒަށް އިތުރުކުރި ޢިމާރާތާއި، ހއ. ދިއްދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވިއެވެ.

ރައީސް ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭ ތަން ހުރިހާ ރަށަކުންވެސް ފެނިވަޑައިގަންނަވާކަމަށެވެ. ކެމްޕެއިން ދަތުރުފުޅުގައި ރައީސް ވަނީ މީގެކުރިން ށ ، މ އަދި ވ އަތޮޅަށް ވަޑައިގަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް